1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ކަނބުލޮ" ގެ ސްޕޮންސަރަކަށް އެވޯން

WhatsApp Image 2025-06-30 at 00.54.17_343a0002
ކަނބުލޮ" ގެ ފުރަތަމަ ސްޕޮންސަރގެ ގޮތުގައި އެވޯން އާއެކު ސޮއިކުރުން
އާމިނަތު ޝަޒްލާ
306ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސެޓާރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ހުށަހަޅައިދޭ "ކަނބުލޮ" ގެ ފުރަތަމަ ސްޕޮންސަރގެ ގޮތުގައި އެވޯން އާއެކު ސޮއިކޮށްފިއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކަމަނާ" ފިލްމު އުފެއްދި ޓީމުން ނެރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކަނބުލޮ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓްމަހުގެ 31 ގައެވެ.

ފިލްމު "ކަމަނާ" ވެސް ސްޕޮންސަރކުރި އެވޯން އިން ބުނީ މި ފިލްމު ސްޕޮންސަރކުރި އެއް ސަބަބަކީ މި ފިލްމަކީ ދިވެހި މުޖުތަމަޢުގައި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ އާއި ގެވެށި އަނިޔާގެ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމަކަށްވުމުން އެފަދަ ކަންކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

300 × 250

ސްޕޮންސަރަކަށް ވުމުގެ އިތުރުން އެވޯން އިންވަނީ ފިލްމުގެ ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އެވޯން ގެ ގްލެސިއާ ބެޑްރޫމް ސެޓެއް ދިނުމަށް ނިންމާފައެވެ.

އޮގަސްޓް 31 ގެ ކުރިން ބައްލަވައިގަންނަވާ ކޮންމެ ޓިކެޓަކަށް ކޫޕަނެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު ގުރުއަތުލުން ކުރިޔަށްގެންދާނީ ފިލްމު ޕްރިމިއަރ ހަފްލާގައެވެ.

އެވޯން އަކީ ފެންވަރު ރަނގަޅު ޒަމާނީ ފަރުނީޗަރު ރާއްޖެ އެތެރެކޮށް ވިއްކުމުގައި މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ.

"ކަމަނާގެ ކާމިޔާބީއަކީވެސް އަޅުގަނޑުމެން މި ފިލްމު ސްޕޮންސަރކުރި އެއް ސަބަބު" އެވޯންގެ ސީއީއޯ އާމިނަތު ޝިއުނާ ވިދާޅުވިއެވެ.

ފިލްމު "ކަމަނާ"ގެ 200 އަށް ވުރެ ގިނަ ހައުސްފުލް ޝޯ މުޅިރާއްޖޭގައި ކުރިޔަށް ގެންދިއައެވެ.

"ކަނބުލޮ" ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޖުލައި މަހުގެ 10 ދުވަހުގެ ކުރިން ސްޕޮންސަރުންނަށް ޚާއްސަކުރެވިފައިވާ ނަމްބަރު 7458800 އަށް ގުޅުމަށް ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިން އެދެއެވެ.

300 × 250

"ކަނބުލޮ" އަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

ޔަޝްފާ ޢަބްދުލް ޣަނީގެ މި ވާހަކައަށް ތައްޔާރުކުރާ ފިލްމު ކަނބުލޮގެ މަންޒަރުތައް ޝޫޓްކޮށްފައިވަނީ ހދ.ކުޅުދުއްފުށީގެ އިތުރުން ހދ.ނޮޅިވަރަންފަރުގައެވެ.

ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ (އާނަންދު)، ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާއެވެ.

މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު (ކިޑު) އެވެ

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

ފިލްމުގެ ޕްރޮޑިސަރަކީ 2024 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރ އަލީ ޝާނިޒް މުހައްމަދުއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި