1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެއާ ސިންގަޕޫރުއާ ދެމެދު ތިން ދާއިރާއަކުން ގުޅުން ބަދަހިކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

gurw-c7xmaa7wkx
ރާއްޖެ އާއި ސިންގަޕޫރުއާ ދެމެދު 3 އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރަސްމީޔާތުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް
އާމިނަތު ޝަޒްލާ
161ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖެއާ ސިންގަޕޫރުއާ ދެމެދު ތިން ދާއިރާއަކުން ގުޅުން ބަދަހިކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ މިއަދު ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫއެއްގައި ސޮއި ކުރައްވާފައެވެ.

މި ތިން އެމްއޯޔޫއަކީ ކެޕޭސިޓީ އިތުރުކުރުމުގެ ދާއިރާއިންނާއި ތިމާވެށީގެ ދާއިރާއިންނާއި މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކެކެވެ.

300 × 250

ކެޕޭސިޓީ ބިލްޑިން ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ. ސިންގަޕޫރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބަލަކްރިޝަނަންއެވެ.

ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއެވެ.

gurw-c7x0aa0jnx

ސިންގަޕޫރުގެ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ މިނިސްޓަރު އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔްރަމަންޓް ގްރޭސް ފޫއެވެ.

މަތީ ތައުލީމާއި ތައުލީމީ ސިޔާސަތު އަދި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

gurw-chbsaajsd9

ސިންގަޕޫރުގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެ ގައުމުގެ އައިޓީއީ އެޑިއުކޭޝަން ސާވިސްގެ ޗީފް އެގްޒެކެޓިވް ގޮ މޮންގް ސޮންގެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި