ރައީސް މައުމޫނުގެ ދައުރުގައި ގައުމުގެ އެންމެ އިސްވެރިޔާއަށް ދެމުންދިޔަ ސެކިއުރިޓީއާއި އިއްޒަތާއި ގަނޑުވަރު މިހާރު ރައީސް ނަޝީދު މިހާރު ބޭނުންވާ ކަމުގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލަންޑަނުގައި މަހަކު ލައްކައަކަށްވުރެ ގިނަ ޕައުންޑު ރައީސް ނަޝީދަށް ހޭދަކުރި ކަމަށާއި، ކުރިން ކަމުނުދިޔަ މައުމޫނިޒަމްގެ ގަނޑުވަރާއި ސެކިއުރިޓީ އަދި އިއްޒަތް މިހާރު ރައީސް ނަޝީދު ބޭނުންވާ ކަމަށެވެ.
https://twitter.com/MJameelAhmed/status/1452871248455733255
އަދި ހޮޓެލް ޖެން އަށް މިހާރު ގާނޫނު އަސާސީއާ ޚިލާފަށް ކުރަމުންގެންދާ ޚަރަދަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށާއި އެންމެ ފުރަތަމަ އިސްލާޙުކުރަންވީ ޚަރަދުކުރުމުގެ ނިޒާމް ކަމަށްވެސް ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވެފައިމިވަނީ، ރައީސް ނަޝީދަށް އަމާޒުކޮށް އެމަނިކުފާނު އަވަހާރަކޮށްލެއްވުމަށް ބަޔަކު ދިން ބޮމުގެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާހޯދުމަށް އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު އެނބުރި އައުމުން ސަރުކާރުން އެމަނިކުފާނުގެ ސެކިއުރިޓީ އަދި ހޮޓެލް ޖެން އަށް ކުރަމުންގެންދާ ޚަރަދު ތަކަކީ ބޭކާރު ޚަރަދެއް ކަމަށާއި، އެވަރުގެ ސެކިއުރިޓީއެއް ދިނުމަކީ ނޯތު ކޮރެއާގެ ރައީސަށް ދެއްވާފައިވާ ފަދަ ސެކިއުރިޓީއެއްކަމަަށް ބުނެ އެކަމަކީ ދިވެހިން ލަދުގަންނަން ޖެހޭ ކަމެއް ކަމުގައި ގިނަ ފަރާތްތަކަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.