އަމީނިއްޔާ ސްކޫލްގެ އަރަބި ޓީޗަރަކު ސްކޫލްގެ ބައެއް ދަރިވަރުންނާއި މުވައްޒަފުންނަށް ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީނީއްޔާ ސްކޫލްގައި އަރަބި މާއްދާ ކިޔަވައިދެމުންދާ ޓީޗަރަކު އެސްކޫލްގެ ބައެއް ދަރިވަރުންނާއި މުވައްޒަފުންނަށް ޖިންސީފުރައްސާރައާއި ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެމައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިފައި ނުވާއިރު، ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވެނީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އެނގިފައިނުވެއެވެ.

އަދި މިމައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައިނުވެއެވެ.