1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިއަހަރުގެ ނިޔަލަށް ވިލިމާލޭ ހޮސްޕިޓަލުގެ ވަގުތީ އިމާރާތުގެ ސެޓަޕްގެ މަސައްކަތް ނިމި ޚިދުމަތް ފެށޭނެ

hau
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް
މަރްޔަމް ޝަފާ ސައީދު
249ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރުގެ ނިޔަލަށް، ވިލިމާލޭ ހޮސްޕިޓަލުގެ ވަގުތީ އިމާރާތުގެ ސެޓަޕްގެ މަސައްކަތް ނިންމައި، އެތަނުން ޚިދުމަތް ދޭން ފެށޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އަލަށް ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރު ހުރި ހޮސްޕިޓަލު ތަޅާލަން ޖެހޭތީ، ވަގުތީގޮތުން ހޮސްޕިޓަލުގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކުރީގެ ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތުގައެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތަކީ ވިލިމާލޭގައި މިހޮސްޕިޓަލު ހެދުމަށް މިހާރު ހުރި ހޮސްޕިޓަލް ތަޅާލުމަށްފަހުވެސް ވިލިމާލޭގައި ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން،" ސީއީއޯ ވިދާޅުވިއެވެ.

300 × 250

އައު ހޮސްޕިޓަލު މަޝްރޫޢުގެ ފީސިބިލިޓީގެ މަސައްކަތް ނިމި، އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފައިވާ ކަމަށާއި، މިހާރު ދަނީ ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލު ހުރި ބިމާއި ވަށައިގެންވާ ސަރަހައްދުވެސް ހިމެނޭހެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތީ ހޮސްޕިޓަލުގެ އިންޓީރިއާއަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ފްލޯ ޕްލޭނާއި އީއާރް ޤާއިމުކުރުމުގެ ޕްލޭނިންގ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. އަދި އައު ހޮސްޕިޓަލު އެޅުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތީ ހޮސްޕިޓަލުގައި މިހާރު ދެމުންދާ ޚިދުމަތްތަކުގެ އިތުރުން އިތުރު ޚިދުމަތްތަކާއި، އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ނިޒާމެއްވެސް ޤާއިމުކުރެވޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި