ރައްޔިތުންގެ ގާތަށް ގޮސް ޙާލަތު ދެނެގަތުމަށް ސަރުކާރުން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމް ދ.އަތޮޅުގައި ފަށައިފިއެވެ.

މި ޒިޔާރަތުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބިސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެވޭނެ ކަމަށް ވަނީ އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

GvzOQKjXIAAgimq"ހާލު ކިހިނެއް؟" ޕްރޮގްރާމް ދ. އަތޮޅުގައި ފެށިގެން ކުރިޔަށް!

މިމަހުގެ ތެރޭގައި ފ.އަތޮޅުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އަދި މިއަހަރުގެ ތެރޭގައި މ، އއ، އދ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް "ހާލު ކިހިނެއް؟" ޕްރޮގުރާމް ފެށޭނެކަމަށް ވަނީ އެ ވުޒާރާއިން ހާމަކޮށްފައެވެ.

މިއަހަރުގެ މެއި މަހުގެ ނިޔަލަށް މި ޕްރޮގުރާމްގެ ދަށުން 14،000 އަށްވުރެ ގިނަ ގެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި ޕްރޮގްރާމްގެ ތެރެއިން އާއްމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ.