ހއ. އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ އެވެ. އުތީމު ކައުންސިލުން ވިދާޅުވީ، އެރަށު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ކަމަށް ބެލެވޭ ވަޅެއް ފެނިފައިވާކަމަށެވެ. ގިރާލާފައިވާ ސަރަހައްދުން އެވަޅު ފެނިފައިވަނީ މިއަދު އެވެ.އުތީމު ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި އެވަޅު ހިމާޔަތް ކުރުމަށްޓަކައި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއޮ މަޝްވަރާ ކުރަމުން އަންނަކަމަށެވެ މިވަޅަކީ ހިރިގަލުން ހަދާފައިވާ ވަޅެކެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި، ވަޅު ފެނިފައިވާ ސަރަޙައްދުގެ ތުނޑި ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. އުތީމަކީ، ބޮޑުތަކުރުފާނުންގެ އުފަން ރަށެވެ. ބޮޑުތަކުރުފާނު ދިރިއުޅުއްވި އުތީމު ގަޑުވަރަކީ ދިވެހި ރާއްޖޭގެ ތާރީޚީ އާސާރީ ބިނާތަކުގެ ތެރޭގައި ހިމެނޭ ބިނާއެކެވެ.