1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތެދާއި ދޮގު ދެނެގަންނަން ދަސްކޮށްދޭ "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގްރާމު ބާއްވައިފި

WhatsApp Image 2025-07-20 at 09.39.33_25ef2925
ތެދާއި ދޮގު ދެނެގަންނަން ދަސްކޮށްދޭ "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގްރާމުގެ ތެރެއިން... ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި މާއުލޫމާތާއި ފަންނާ ބެހޭ ވިޒާރާ
އާމިނަތު ޝަޒްލާ
147ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޚަބަރާއި މަޢުލޫމާތު ފެތުރުމުގައާއި އެކިއެކި މަންސަތަކުގައި އެކިއެކި ފަރާތްތަކުން ފަތުރާ ޚަބަރާއި މަޢުލޫމާތުގެ ތެދާއި ދޮގު އަދި ސައްހަކަން ދެނެގަންނަން އަމާޒުކޮށް ހިންގާ 'އަހަންނަނީ ނޫސްވެރިއެއް' ޕްރޮގްރާމު ރ. އަތޮޅުގައި ބާއްވައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މާއުލޫމާތާއި ފަންނާ ބެހޭ ވިޒާރާއިން ކުރިއަށް ގެންދާ މި ސިލްސިލާގައި ރ. އަތޮޅު ޕްރޮގްރާމު މިފަހަރު އަމާޒު ކުރީ ނ. ރ އަދި ބ އަތޮޅަށެވެ.

WhatsApp Image 2025-07-20 at 09.38.59_ecb27066

300 × 250

ޖުމްލަ 32 ބައިވެރިންނާއެކު މި މަހުގެ 17 އިން 19 އަށް ދުވާފަރުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިޔަ އިރު ނ އަތޮޅުގެ ހޮޅުދޫގެ އިތުރުން ރ އަތޮޅުގެ 13 ރަށަކުން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ސިލްސިލާ ގޮތެއްގައި ހިންގާ މި ޕްރޮގްރާމަކީ, އެ ޕްރޮގްރާމެއް އަމާޒު ކުރާ އަތޮޅުތަކަށް ނިސްބަތްވާ އޮންލައިން އަދި ބްރޯޑްކާސްޓް މީޑިއާ އަދި ނޫސްވެރިންގެ އިތުރުން އިޖުތިމާޢީ މަސައްކަތް ކުރާ އެންޖީއޯތަކާއި އެ އަތޮޅުތަކުގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތަކަށް ބޭނުންތެރި ދާއިރާތަކުން ޢިލްމީ ފެންވަރުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ޕްރޮގްރާމެކެވެ.

އެގޮތުން, އެކިއެކި މަންސަތަކުގައި ފެތުރެމުން ދާ އަދި ގަސްދުގައި ފަތުރާ ޚަބަރާއި މަޢުލޫމާތުގެ ސައްހަކަން ދެނެގަންނާނެ ގޮތްތަކާއި އެ މަޢުލޫމާތަކާ ގުޅިގެން އެ ބަޔަކު ނިސްބަތްވާ މުޖުތަމަޢުގައި ބައިވެރިންނަށް އަމަލު ކުރެވިދާނެ އަދި އަދާކުރެވިދާނެ ދައުރު ބުނެދިނުން ހިމެނެއެވެ. އަދި ނޫސްވެރިކަމުގެ ޢާންމު ހަމަތަކާއި, ތަހުޤީޤީ ނަޒަރިއްޔާއަކުން ކަންކަން ދެނެގަންނާނެ ގޮތްތަކާއި ބަވަނަވަމުން ދާ މި ދުނިޔޭގައި އުފަންވެ އަދި އުފަންވަމުން އަންނަ އާ ޓެކްނޮލޮޖީގެ އަލީގައި 'ފޭކާއި ރިއަލް' ދެނެގަތުމަށް ދަސްކޮށް ދިނުން ހިމެނެއެވެ.

މުޖުތަމަޢެއްގެ ގޮތުގައި އެބަޔަކު ދިރިއުޅޭ ސަރަހައްދުގައި އިޖުތިމާޢީ ރޫހު އާލާކުރުމާއެކު ބާރުވެރިކަން އިތުރު ކުރާނޭ ގޮތްތަކާއި ހުރި ފުރުޞަތުތައް ބުނެދިނުމުގެ އިތުރުން, ޒިންމާދާރު މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ ފަރުދީ ދައުރު ތަފްޞީލު ކޮށްދީ ބުނެދިނުން ވެސް ހިމެނެއެވެ.

WhatsApp Image 2025-07-20 at 09.39.00_b7d83c22

މީގެ އިތުރުން, ލިޔުމާއި ކިޔުމުގައި އަދި ބަސްމޮށެ އުޅުމުގައި ދިވެހި ބަސް ބޭނުން ކުރަން ޖެހޭ ހަމަތައް ދަސްކޮށް ދީ އަހުލުވެރި ކުރުވުމަކީ ވެސް މި ޕްރޮގްރާމު ގައި ކުރިއަށް ގެންދެވޭ ސެޝަންތަކެކެވެ.
އަދި ހަވާސާ ވެފައި ތިބޭ ފަރާތްތައް ހަވާސާ އަށް ގެންނާނޭ ގޮތްތަކާއި އެ ފަރާތްތައް ބާރުވެރި ކުރުވާނެ ގޮތްތައް ބުނެ ދިނުމުގެ އިތުރުން ރާއްޖޭގެ މުއުތަމަޢުގައި އޮންނަ ފިކުރީ ޚިޔާލުތަފާތުވުންތަކުގެ މައްޗަށް ވެސް ސެޝަންތައް ނަގައި ދެވިފައި ވެ އެވެ.
މި ޕްރޮގްރާމުގައި ޒުވާނުންގެ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ބައެއް ދާއިރާތަކާ ބެހޭ މަޢުލޫމާތު ދިނުމާއި ހޭލުންތެރި ކުރުވުމުގެ ސެޝަންތަކުގެ އިތުރުން, ބައިވެރިން ނިސްބަތްވާ ދާއިރާތަކުގައި ހުރި ފުރުޞަތުތަކާއި ކުރިއަށް ދެވެން ހުރި ރޮނގުރަކާ ބެހޭގޮތުން ވެސް މަޢުލޫމާތު ފޯރުކޮށް ދެވެއެވެ.

ރާއްޖޭގެ ދެކުނުން ފުވައްމުލަކާއި އައްޑުއަތޮޅު ހިމެނޭހެން ޕްރޮގްރާމަކާއި މެދުރާއްޖެތެރެއަށް އަމާޒު ކޮށްގެން ކ. ތުލުސްދޫގައި ޕްރޮގްރާމެއް ބޭއްވިފައި ވާ އިރު, މިހާތަނަށް ޖުމްލަ 90 ފަރާތަކަށް ވަނީ ތަމްރީނު ދެވިފަ އެވެ.
ކޮންމެ ޕްރޮގްރާމެއްގައި ވެސް މަދުވެގެން 9 ޕޭޕަރު ހުށަހަޅައި ދެވިފައި ވާ އިރު, ކޮންމެ ޕޭޕަރެއްވެސް ނުވަތަ ސެޝަނެއްވެސް ނަންގަވައި ދެއްވާފައި ވަނީ އެ ދާއިރާއެއްގެ ތަޖުރިބާކާރު ފަރާތްތަކުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ 190 ގަޑިއިރުގެ ސެޝަން ވަނީ ނަގައި ދެވިފައެވެ.

ދިވެހި މުޖުތަމަޢުގައި ހުންނަ އިޖުތިމާޢީ މައްސަލަތަކާއި ބަވަނަވަމުން ދާ ދުނިޔޭގައި ދިވެހިންގެ ހުންނަން ވީ ހުށިޔާރު ކަމާއި އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށް ކުރަންވީ ކަންކަމާއި ފާގަތިކަން އިތުރު ކުރުމަށް އިޚުތިޔާރު ކުރަންވީ ދާއިރާތަކުގެ މައްޗަށް ވަށާޖެހޭ ގޮތެއްގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުން ކޮމިއުނިޓީ ލީޑަރުންތަކެއް އުފެދިގެން ދިޔުމަކީ ކުރައްވާ އުއްމީދެއް ކަމުގައި ޔޫތު މިނިސްޓްރީން ބުނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި