1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބަންގްލަދޭޝްގައި ޖެޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސްގެ ތައުޒިޔާ

pii
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝަފްޢަތު ، ހުވަދޫ މީޑީއާ
147ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ތަމްރީނުތަކުގައި ބޭނުންކުރަމުން ދިޔަ ޖެޓެއް، ސްކޫލަކަށް ވެއްޓި، ވެރިރަށް ޑާކާގައި ހިނގި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

މި ހާދިސާގައި 19 މީހަކު މަރުވެފައިވާއިރު، އެތައް ސަތޭކަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސްއަށާއި، ސަރުކާރަށް އަދި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.

"ބަންގްލަދޭޝްގައި ބޯޓެއް ވެއްޓި އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެފައިވާ ހިތާމަވެރި ހާދިސާއާ ގުޅިގެން އެ ގައުމުގެ ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސްއަށާއި، ސަރުކާރާއި، އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ އެންމެ ފުން ތައުޒިޔާ ދަންނަވަން. މި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކާއި، އެމީހުންގެ އާއިލާތަކާއި، އަދި އެކަމުގެ އަސަރު ކުރި އެންމެހާ މީހުންނަށް ހެޔޮ ދުޢާ ކުރަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

300 × 250

https://twitter.com/MMuizzu/status/1947290182476324980?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1947290182476324980%7Ctwgr%5Ef80af36b52391b19dad947b695c0a05b0668d6da%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1271677%2F

ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވެއްޓިފައިވާ އުޅަނދަކީ އެފް-7 ބީޖީއައި ޓްރެއިނިން މަތިންދާބޯޓެކެވެ. އެ މަތިންދާބޯޓު ވެއްޓިފައިވަނީ ޑާކާގެ އުތުރު ސަރަހައްދު ކަމަށްވާ އުއްތަރާއަށް ކަމަށާއި، އެ މަތިންދާބޯޓު ނައްޓާލީ ބަންގްލަދޭޝް ގަޑިން 13:06 ގައި ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބާން އެންޑް ޕްލާސްޓިކް ސާޖަރީގެ ޑޮކްޓަރެއް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި ހާދިސާގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ މީހުން ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި