މިލަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މިލަދޫ އަށް ވަޑައިގެން މިއަދު މެންދުރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިލަދޫގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ޙަވާލުކުރެވޭނެ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ގިރާ ސަރަޙައްދުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތް ޙަވާލުކުރެއްވުމަށް ނިންމަވާފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތުގެ ސްކޯޕް، ކައުންސިލާއެކު ފައިނަލްކުރެވިގެންދާއިރު ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މޫދަށް އެރެވޭނެ ސަރަޙައްދެއް ހެދޭގޮތަށް ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަވަން ނިންމަވާފައިވާކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.