1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަގޫދޫއަށް ބޭނުންވާ ތިން މަޝްރޫއެއްގައި، އަންނަ ސެޕްޓެމްބަރު މަހު ސޮއި ކުރާނެ: ރައީސް

މައި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން
މުހައްމަދު އަޚްތަރު
122ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނ. މަގޫދޫގެ ތަރައްޤީއަށްޓަކައި ހިންގަންޖެހިފައިވާ މުހިންމު މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވި، އެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާ މަންޒަރު ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެންނާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު، އެ އަތޮޅު މަގޫދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައިވާ ކަންކަމުގައި ޢަމަލީ ސިފަޖައްސަވައިދެއްވައި، އެ ވަޢުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ފެނާއި ނަރުދަމާގެ މަޝްރޫޢެވެ. ނ. މަގޫދޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ބައްލަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ކަންކަން ރޭވިފައިވަނީ، އެއް ކުންފުނި އަނެއް ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭ ބީދައިންކަމަށެވެ. އެގޮތުން، މަޝްރޫޢަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްތައް އެމް.ޑަބްލިއު.އެސް.ސީއިން ކުރިއަށްގެންދާއިރު، މަޝްރޫޢު ހިންގަން ބޭނުންވާ އިންސާނީ ވަސީލަތުގެ ކަންކަން ހަމަޖައްސަމުން ގެންދާނީ ފެނަކައިންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

300 × 250

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢޫތަކެއްގައި ސެޕްޓެމްބަރު މަހާ ހިސާބުގައި ސޮއިކުރެވި، މާ ލަސްތަކެއް ނުވެ ޢަމަލީ މަސަސައްކަތްތައް ފެށޭނެކަމުގެ ޔަޤީންކަން ދެއްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ނ. މަގޫދޫގައި އަލަށް ފަށަން ހުރި ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަށުގެ ޞިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމަށް ތަރައްޤީކުރެވޭ އެކްސްޓެންޝަން ބިލްޑިންގްގެ މަޝްރޫޢާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ޞިއްޙީ މަރުޒަށް މިވަގުތު ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށްވެސް، ކަމާ ގުޅޭ ވުޒާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަމިއާއެކު، ނ.މަގޫދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ހިންގާ ޝޯ ޕްރޮޓެކްޝަން މަޝްރޫޢުގައި އަންނަމަހު ސޮއިކުރެވޭއިރު، މޫދަށް އެރިއުޅެވޭ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ ކަންކަންވެސް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައްވެސް މާ ލަހެއް ނުވެ ފެށޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، އެމަނިކުފާނު އުއްމީދު ކުރައްވަނީ، ދެން ނ. މަގޫދޫއަށް ވަޑައިގަންނަވާނީ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ކަމުގައި ވިދާޅުވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި