1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެއާއި އިންޑިއާ, މުސްތަޤްބަލުގައި ގުޅިގެން މަސައްކަތްކުރާނެ މަގުޗާޓެއް ކުރެހިގެން ހިނގައްޖެ: ރައީސް

qu
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
މުހައްމަދު އަޚްތަރު
133ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި ރަސްމީ މަޝްވަރާގެ ސަބަބުން ރާއްޖެއާއި އިންޑިއާ މުސްތަޤްބަލުގައި ގުޅިގެން މަސައްކަތްކުރާނެ މަގުޗާޓެއް ކުރެހިގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދަތުރުފުޅުގައި ދެ ޤައުމުން 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއް ވަނީ ބަދަލުކުރެވިފައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއާއި ރާއްޖެއާއިއެކު ސޮއިކޮށްފައިވާ 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެގްރީމަންޓް ބޭނުންކުރެވިގެންދާނީ ޑިފެންސް، ކުޅިވަރު، ސިއްހީދާއިރާ، ތައުލީމު އަދި ބޯހިޔާވަހިކަން ފަދަ އެންމެ މުހިންމު މަޝްރޫއުތަކަށެވެ.

300 × 250

"މިއަހަރު އަޅުގަނޑުމެން މި ފާހަގަކުރަމުންދަނީ އިންޑިއާއާއި ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުން. ޕްރައިމް މިނިސްޓަރ މޯދީއާއި އެކު ކާމިޔާބު މަޝްވަރާތަކެއް ވަނީ ކުރެވިފައި. މި މަޝްވަރާތަކުގައި 2 ޤައުމުގެ ގުޅުމުގެ ވަރުގަދަކަމާއި ކާމިޔާބީއަށް އަލިއަޅުވާލެވުނު. އަދި ކުރިމަގުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތުގެ މަގުޗާޓެއް އެކުލަވާލެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އިޤްތިޞާދީގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އިންޑިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ފޯރުކޮށްދީފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި އިމާރާތްކުރާ ބްރިޖްގެ މަޝްރޫޢު ނިމުމުން، އެ މަޝްރޫޢު ވެގެންދާނީ ދެ ޤައުމުގެ ގުޅުމުގެ ވަރުގަދަ ހެއްކަކަށެވެ. އަދި ރާއްޖެއަށް ދިމާވާ ހާދިސާތަކާއި ކާރިސާތަކުގައި އިންޑިއާއިން އަބަދުވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަކަންވެސް ފާހަގަކުރެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި