1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންޑިއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް

4R
ރައީސް ޑރ. މުހައްމަދު މުއިއްޒު, އިންޑިއާގެ ބޮޑުވަޒީރުއަދި ނަރެންދްރަ މޯދީ
މުހައްމަދު އަޚްތަރު
151ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދެގައުމުގެ ދެމެދުގައި މަތީ ފަންތީގެ ބައްދަލުވުންތައް ބާއްވައި، އިންޑިއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު މުހިންމު 8 އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

"އިންޑިއާއިން ރާއްޖެއަށް ވެދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ބޮޑުވަޒީރު، ނަރެންދްރަ މޯދީއަށް އަޅުގަނޑު ޝުކުރު ދަންނަވަން. ޒަރޫރީ ބާވަތްތައް އެކްސްޕޯޓް ކޮށްގެން އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަކީ ޒަމާނުއްސުރެއް ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ތަޅުދަނޑި،" ރައީސް ވިދާޅުވިއެވެ.

300 × 250

ރައީސް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު މަންޒިލެއް ކަމަށާއި މި ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ބޮޑުވަޒީރާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެގައުމުގެ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާ ކުރުމަށް ސީދާ ދަތުރުތައް ފެށުމާއި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާއިން ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކާއި އިންޑިއާގެ ގާބިލުކަން އޮތުމާއެކު ކޮޕް33 ހޯސްޓް ކުރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން އިންޑިއާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ބިންގަލަކީ، ރައްޔިތުންގެ މެދުގައި އޮންނަ ގާތްގުޅުން ކަމަށާއި ސަގާފީ މުއާމަލާތްތަކާއި، ފަތުރުވެރިކަމާއި ތައުލީމު ފަދަ ގުޅުންތަކުގެ ތެރެއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަމުން ދާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި