1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހޭނައްތާ ޑޮކްޓަރެއް ނެތި ޑރ.އޭއެސްއެމްއެޗް ގައި އޮޕަރޭޝަން ނުކުރެވިފައި

ASMH
ހުވަދޫ ނިއުސް ޓީމް
1,174ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހޭނައްތައިގެން ކުރަންޖެހޭ އޮޕަރޭޝަން ނުކުރެވިގެން އުޅޭތާ 3 ހަފްތާވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި، ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ ހޭނައްތާ ޑޮކްޓަރު ޗުއްޓީއަށް ދާން ޖެހިގެން ވަނި ފުރާފައެވެ. ނަމަވެސް ބަދަލުގައި އެއްވެސް ޑޮކްޓަރެއް ނުކުމެފައި ނުވެއެވެ.

މިކަމާ ގުޅޭގޮތުން ޑރ އޭއެސްއެމްއެޗްގެ މެނޭޖަރުގެ ބަހެއް ހޯދުމަށް ފޯނަށް ގުޅުމުން، ޖަވާބު ނުދެއްވާތީ، މެނޭޖަރުގެ ބަހެއް ވަނީ ހިމެނޭގޮތް ނުވެފައެވެ.

300 × 250

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ތަފާތު އޮޕަރޭޝަންތައް ކުރުމަށް ވެއިޓްލިސްޓް ކޮށްފައި ބަލިމީހުން މިވަގުތުގައިވެސް ތިބިކަން ފާހަގަ ކުރެވެއެވެ. މިފަދަ ހާލަތެއްގައި ހޮސްޕިޓަލް އޮތްއިރު، އިމަޖެންސީކޮށް އޮޕަރޭޝަނެއް ކުރަންޖެހި، އިމަޖެންސީ ހާލަތެއް ކުރިމަތިވެއްޖެނަމަ، ފަރުވާ ނުދެވި ހިގާ ކޮންމެ ވަގުތެއްގެ ޒިންމާ ނަގާނެ ފަރާތެއް ހޯދަން ރައްޔިތުން ތިބެންވީތޯ މިއީ އުފެދޭ ސުވާލެކެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތާއި މެދު ބައެއް ރައްޔިތުންގެ ކަންބޮޑުވުން އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. މިގޮތުން ވަރަށް ފަހުންވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ނުދެވި ކުޑަކުއްޖަކު ނިޔާވި ކަމަށް ބުނެ އާއިލާގެ ފަރާތުން ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އަދި މިކުޑަކުއްޖާ މަރުވި މައްސަލަ ހެލްތް މިނިސްޓްރީއިން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.

 

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • މެނޭޖަރ

    ހޮސްޕިޓަލްގަ ހޭނައްތާ ޑޮކްޓަރު އެބަ ހުރި. ދޮގު ޚަބަރު ނުފަތުރާ. ޖާވާ ގޭގަ ހުނަނާނެ ޑރ. އިބްރާހިމް ކިޔާ ޑރ އެއް. މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ވެސް ހޭނައްތައިގެން އޮޕަރޭޝަނެއް ވަނީ ކޮށްފަ

    • ހޭނައްތާ ޑޮކްޓަރު

      ހޭނައްތާ ޑޮކްޓަރެއް ހުރި ނަމަ މިއަދުވެސް ކުރަން ޖެހުނު ސާރޖަރީއެއް ނުވެގެން ބަލިމީހާ މާލެ ފޮނުވަން ނޫޅޭނެ ދޯ.. ހޭނައްތާ ޑޮކްޓަރު ހުރީ ޗުއްޓީއަށް ނުދެވިފަ.. ކޮއްމެހެން މުހިންމު އޮޕަރޭޝަނެއް ވިއްޔާ އޭނެ ޢެޓެންޑް ވި.. ތި ހޮސްޕިޓަލަކީ ބަޔަކު ދާން ހެޔޮވަރު ތަނެއް ނޫން..

ގުޅުންހުރި