1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އުފާވެރި ޚަބަރެެއް: އަންނަ މަހު ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާނެ؛ އައިނު ހެދުމުގެ ޚިދުމަތް ހިލޭ!

ފައި
ރައީސް ހުޅުމާލެ ހޮސްޕިޓަލްގައި --
ޝާމިން ސަޢީދު
344ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރައެއް ޤާއިމުކޮށް، އާސަންދައިގެ ދަށުން ހިލޭ އައިނު ހެދުމުގެ ޚިދުމަތް ދޭން ފަށާނެކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން މިއަދު ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗްގައި އައިނު ފިހާރަ "އެމްސީޖީއެޗް އޮޕްޓިކަލް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވި ގޮތަށް، މިއަދު އައިޖީއެމްއެޗްގައި އައިނު ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި އައިނު ފިހާރައިން މިއަދުން ފެށިގެން ހިލޭ އައިނު ހެދޭނެކަމަށް އެމްސީޖީއެޗް އިން ބުނެއެވެ.

މިއަދު ހަވީރު އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، އައިޖީއެމްއެޗުން މިއަދުން ފެށިގެން ހިލޭ އައިނު ހެއްދުމުގެ އިތުރުން ވެސް ލޮލާ ގުޅުންހުރި ގިނަ ޚިދުމަތްތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ލޮލުގެ ސްކްރީނިން، ލެންސްގެ ޚިދުމަތް، އައިނު ހެއްދުން އަދި ގްލޮކޮމާ ފަދަ ބަލިތަކަށް ސްކްރީންކުރުން ހިމެނެއެވެ.

300 × 250

އެމްސީޖީއެޗް އޮޕްޓިކަލްގެ ޚިދުމަތް ހުޅުމާލެ ހޮސްޕިޓަލުން ވެސް އަންނަ މަހުގެ ތެރޭގައި ލިބިގެންދާނެކަމަށް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކުގައި ވެސް މި ޚިދުމަތް ފެށިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހުރިހާ ހޮސްޕިޓަލްތަކުން ވެސް އާސަންދައިން ކަވަރކުރާ 2000 ރުފިޔާގެ ތެރެއިން ހިލޭ އައިނު ހެއްދޭނެ އިންތިޒާމު މިކަމުން ހަމަޖެހިގެންދާނެއެވެ.

ރައީސް ޑރ މުއިއްޒުގެ ސަަރުކާރަށް މިވީ ދޮޅު އަހަރަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ކާމިޔާބު ދޮޅު އަަހަރު

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ޙަލީމް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިވީ ދޮޅު އަހަރަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ވަރަށް ކާމިޔާބު ދޮޅު އަހަރެކެވެ.

އެގޮތުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގައި ކުޑަކުދީންގެ އީއާރެއް ޤާއިމުކުރުމާއި، މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގެއް ޤާއިމުކުރުމުގެ އިތުރުން 75 އެނދު އިތުރުކުރުމާއި، ނެޝަނަލް ފާޓިލިޓީ ސެންޓަރު ޤާއިމުކުރުން ހިމެނެއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ލެވެލްއަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ގެނެވުނު ކުރިއެރުންތަކުގެ ތެރޭގައި ޓާޝަރީ ފެންވަރަށް އަޕްގްރޭޑް ކުުރުމާއި، އާ އައިސީޔޫއެއް، އާ އެންއައިސީޔޫއެއް، އަދި ހަތަރު އޮޕަރޭޝަން ތިއޭޓަރ ކޮންޕްލެކްސްއެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލްގެ އީއާރު ދެ ގުނަ ބޮޑުކުރުމާއި، އާ ޑަޔަލިސިސް ސެންޓަރު ހުޅުވުންވެސް ވަނީ ފާހަގަކުރެވިފައެވެ.

މި ނޫން ވެސް މުހިންމު އެތައް ޚިދުމަތަކާއި މުހިންމު ބަދަލުތަކެއް ގެންނަވާފައިވާކަން ވެސް ޙަލީމް ވަނީ ފާހަގަ ކުރައްވާފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި