1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސްކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރަން މަޖިލީހަށް މައްސަލައެއް

033C3FA0-8E11-4B3D-B1B6-94FBFF1BC5A3
ސާއި ޢަލީ
543ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސްކޫލުތަކުގައި ދަރިވަރުންނަށް ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ ތަމްޞީލް ކުރައްވާ މެމްބަރ އަހްމަދު ޝިޔާމެވެ. އަހްމަދު ޝިޔާމަކީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ މަޤާމް އަދާކުރައްވާ އެއްފަރާތްވެސް މެއެވެ.

މިމައްސަލަޔަކީ، ގަލޮޅު މަދަރުސާގެ ހަތަރު އަހަރުގެ ދަރިވަރަކަށް، އެ މަދަރުސާގެ މުވައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ސްކޫލްތަކުގެ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލައެކެވެ.

300 × 250

އަހްމަދު ޝިޔާމް ހުށަހެޅުއްވި މައްސަލާގައި، ގަލޮޅު މަދަރުސާގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވިއިރު އެ ކަމުގައި ފިޔަވަޅުތައް އެޅި ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. މެންބަރު ޝިޔާމް ސްކޫލްގައި ސެކިއުރިޓީ ކެމެރާ ނެތް މައްސަލަވެސް ފާހަގަކޮށްފައިވެއެވެ. ދަރިވަރުންތަކެއް އުޅޭތަނެއްގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރެވެން ޖެހެއެވެ. މިއީ ވަރަށް ބޮޑު އިޙްމާލެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވެއެވެ.

މިފަދަ ސީރިއަސް މައްސަލަތަކުގައި މެޑިކަލް ރިޕޯޓް އަވަހަށް ހެދޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަން ޖެހޭނެކަމަށާއި، ރިޕޯޓް ހެދުން ލަސްވުމަކީ ލިބުނު އަނިޔާގެ މިންވަރު ދެނެގަތުމެއް އެޅޭ ހުރަހެއްގެ ގޮތުގައި ޝިޔާމް ފާހަގަ ކުރައްވާފައިވެއެވެ.

މިނިސްޓްރީ ލެވެލްގައި، ޖެންޑަރ މިނިސްޓްރީ އަދި އެޑިކޭޝަން މިނިސްޓްރީން ނިންމަންޖެހޭ ނިންމުންތައް ނުނިމި ލަސްވެފައިވާކަން މިމައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.

މި މައްސަލައިގެ ފުރިހަމެއް ތަހުގީގެއް ހިންގުމަށް އެދިފައި ވުމުގެ އިތުރުން، އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، މިފަދަ މައްސަލަތައް ތަކުރާރު ނުވާ ފަދަ ގޮތަކަށް ސްކޫލްތަކުގެ ނިޒާމު ހަރުދަނާކޮށް، ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުވެފައިވާ މާޙައުލެއްކަން ޔަޤީންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މައްސަލާގައި ހުށަހަޅާފައި ވެއެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި