ސަރުކާރުން ސްކޫލް ދަރިވަރުންނަށް ކުރިޔަށް ގެންދިޔުމަށް ފެށި ހެނދުނު ނާސްތާ ޕްރޮގްރާމް މެދު ކެނޑިފައި އޮތުމަށްފަހު އަލުން އަންނަ އަހަރުން ފެށިގެން އަނެއްކާވެސް ކުރިއަށް ގެންދަން ނިންމައިފިއެވެ.
2019 ވަނަ އަހަރު ވިޔަފާރި އުސޫލުން ފެށި ނާސްތާ ޕްރޮގްރާމް، ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ނިޔަލަށް މެދުކަނޑާލިއިރު، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ކުރިއެކޭ އެއްގޮތަށް، ނާސްތާ ޕްރޮގްރާމް ފަށަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ސްކޫލް ކުދިންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް އަންނަ އަހަރު ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލު ހާމައެއް ނުކުރައްވައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.