ކަނޑު ގަދަވުމާ ގުޅިގެން ހުވަދޫ ކަނޑުން ހާލުގައި ޖެހުނު "އަލްމާ" ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަމާއިއެކު މާމެންދޫ ބަނދަރަށް ވައްދައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ހުވަދޫ ކަނޑުގައި ދަތުރުކުރަމުން ދިޔަ ބޯޓެއް ކަނޑު ގަދަވުމުމް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއެކު އެބޯޓު އޮތް ސަރަހައްދަށް ގޮސް އެހީތެރިވެދީފައި ކަމަށެވެ.

ގއ.އެކެފަރުގެ އުތުރުން 8 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ މި ބޯޓުގައި ފަސް ދިވެހިންނާއި ތިން ބިދޭސީން ދަތުރުކުރިއެވެ.

މި ބޯޓު ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ސަލާމަތްތެރިކަމާ އެކު ރޭ 21:30 ހާއިރު ގއ.މާމެންދޫ ބަނދަރަށް ވައްދާފައެވެ.