1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ސިޔާސީ މަޤާމެއް ލިބުމުން މީހަކު ހޭބަލިވެއްޖެ ކަމަށް ބުނެ ފާޑުކިޔައިފި

314227-3-0cb6e7e5583ee0e84fa14d93c10fdf5ca4aadb6b-large-876x565
ޢަޒީޒާ އަފީފް
2,028ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި ފިލްމީ ތަރި މުއާ އިއްޔެ ކުރި ޓްވީޓަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނައަށް އަމާޒުވެއްޖެއެވެ.

ސިނަމާލެ ބްރިޖާއި ބެހޭގޮތުން މުއާ ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން އެއްބަޔަކު ބުނެފައިވަނީ މުއާގެ ބޮޑު މުސާރަ ހަލާލުކުރުމަށް ރައީސް ސޯލިހުއަށް ތައުރީފް ކުރަނީ ކަމަށެވެ. އަނެއްބަޔަކު ވަނީ ހޭބަލިނުވުމަށް ގޮވާ މުއާއަށް ފާޑުކިޔާފައެވެ.

މުއާ ކުރި ޓްވީޓުގައި ބުނެފައިވަނީ ސިނަމާލެ ބުރިޖުގެ ތަސައްވުރަކީ ކުރީގެ ރައީސް މައުމޫނުގެ ވިސްނުންފުޅެއް ކަމަށެވެ. އެކަމަށް ހިނގާނެ ހަރަދުގެ ތަފްސީލު ހެދީ ކުރީގެ ރައީސް ނަޝީދު ކަމަށާއި އެކަމަށް ބޭނުންވާނެ ހުރިހާ ފައިސާއެއް ހޯދީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށެވެ.

300 × 250

https://twitter.com/muaa_abdulla/status/1454378445828329475?s=20

މިޓްވީޓަށް ރައްދު ދެއްވި މީހަކު ބުނެފައިވަނީ މުއާ ހޭބަލިނުވެ ހުރުމަށާއި އެބްރިޖް އެޅުމުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އަދި ބުރިޖު އެޅުމުގައި އެހީތެރިކަމެއް ދިނުމަށް ޗައިނާގެ ރައީސް ޒީ ޖިން ޕިންއަށް ހުށަހެޅުއްވީ ސީދާ ޔާމީނު ކަމަށާއި ބުރިޖުގެ މަސައްކަތް ފަށައި، އެމަސައްކަތް ނިންމުމަށް ފަހު ބުރިޖު ބޭނުން ކުރަން ފެށީ ވެސް ޔާމީންގެ ވެރިކަމުގައި ކަމަށް ބުނެފައިވެއެވެ.

މުއާގެ މިޓްވީޓުން ޔާމީންގެ ސަޕޯޓަރުން ވަނީ މުއާ އަކީ ނުކިޔަވާ ހުރި ޖާހިލު މީހެއް ކަމަށް ބުނެ ސިޔާސީ މަޤާމެއް ލިބުމުން އޭނާ ހޭބަލިވީ ކަމަށް ބުނެފައެވެ.

އިތުރު މީހަކު ބުނެފައިވަނީ ރައީސް ސޯލިހު ދައުލަތުގެ ބަޖެޓް ހުސްކޮށްފައިވަނީ މުއާ ކަހަލަ ތަންދޮރު ނުދަންނަ ބްރާންތިންނަށް ސިޔާސީ މަޤާމު ދީ ބޮޑު މުސާރަދީގެން ކަމަށެވެ.

މިސަރުކާރުގައި މުއާއަށް ދީފައިވަނީ 25 ހާސް ރުފިޔާގެ ސިޔާސީ މަޤާމެކެވެ. އެހެންކަމުން ގިނަބަޔަކު ބުނަމުންދަނީ ރައީސް ސޯލިހުއަށް މުއާ ސަނާ ކިޔަން ފެށުމުން އޭނައަށް ދިން ސިޔާސީ މަޤާމެއް ކަމަށެވެ. މުއާގެ މުސާރައަކީ ޑޮކްޓަރުންގެ މުސާރައަށް ވުރެ ބޮޑު މުސާރައެއް ކަމުން ވެރިކަން ކުރާ އެމްޑީޕީންވެސް ވަނި މިކަމަށް ފާޑުކިޔާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި