1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ޕޮލިސް ސްޓޭޝަން ރޯކޮށްލިތާ 9 އަހަރު ފަހުން އާއިމާރާތެއް އަޅަނީ

B48EF8BA-FD25-4F52-B61F-020F0FCDB0C8
މުހައްމަދު އަޚްތަރު
782ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

2012 ވަނަ އަހަރު ފެބްރުއަރީ 8 ގައި  އޭރު އޮތް އެމްޑީޕީގެ ސަރުކާރު ވައްޓާލުމާ ގުޅިގެން މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ސިޔާސީ ގޮތުން ހިންގި ހަމަޖެހުމުގެ ތެރޭގައި ގދ ތިނަދޫގައި ބަޔަކު ނުކުމެ ހިންގި ހަމަނުޖެހުންތެކެއްގައި ތިނަދޫ ޕުލުހުންގެ އިދާރާ ރޯކޮށްލިތާ 9 އަހަރު ފަހުން އެތަނުގައި އާ ސްޓޭޝަނެއް އެޅުމަށް ނިންމައި އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިއަދު އިޢުލާން ކޮއްފިއެވެ.

9EC5034B-D076-4DB2-80B2-C6AF178CDFA5

ތިނަދޫގައި ހުރި ޕޮލިސް ސްޓޭޝަންގެ ބަދަލުގައި މުޅިން އާ އިމާރާތެއްގެ ގޮތުގައި މިފަހަރު އިމާރާތް ކުރާ އިމާރާތާ އެކު ޕޮލިސް އެކޮމަޑޭޝަން ބްލޮކެއް ހެދުމަށް ވަނީ ނިންމާފައެއެވެ.

300 × 250

3C7386C4-2C4E-4A0A-8B3E-7FAF92D3B96B

ތިނަދޫ ކައުނަސިލުން ވިދާޅުވީ ތިނަދޫ ގައި އާ ޕޮލިސް ސްޓޭޝަނެއް އެޅުމަށް ސަރުކާރުން ނިންމާފައި ވާތާ ވަރަށް ގިނަ އަހަރު ވެއްޖެ ކަމަށާއި ތިނަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އާ ޕޮލިސް ސްޓޭޝަނާއި އެކޮމަޑޭޝަން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު އިޢުލާން ކޮއްފައިވާ އިރު އެތަން ވަރަށް ފުރިހަމަ ވެފައި ރީތިވާނެ ކަމަށެވެ. އަދި އާ ޕޮލިސް ސްޓޭޝަން ބަދަލު ވެގެން ދާނީ ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ރާއްޖެ 6 ސަރަހައްދަކަށް ބަހާލައި ސަބްރީޖަނަލް އޮފީހެއްގެ ގޮތުގައި ތިނަދޫގައި ހިންގާ ތަނަކަށް ކަމަށް ވެސް ތިނަދޫ ކައުންސިލުން ވިދާޅުވިއެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ނިމުމުމުން އެ ތަން ބަދަލުވެގެންދާނީ  ގއ ، ގދ ، ޏ އަދި ސ އަތޮޅު ގެ ސައުތު ޕޮލިސް ސަބް ރީޖަނަލް ހެޑްކުއަރޓަރޒް އަށެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަން ރޯކޮށްލިތާ 9 އަހަރާއި 9 މަސް ވެގެން ދާ އިރުވެސް ޕޮލިސް ސްޓޭޝަންގެ ޚިދުމަތް ދެމުން ދަނީ އެތަނުގެ ތިރީބުރި މަރާމާތު ކޮށްގެން ވަގުތީ ގޮތުންނެވެ. އަދި ރޯވެ ހަލާކުވެފައި ހުރިބައި ހުރީ އެހުރި ގޮތަށެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ހ ސ ކ

    ތިވޮންނައު ކެހެނަކުން. އަކޫ އަމި ތޮމަކޭ ބާލޯބަށާ. އެން ކުންފުނިއަކު ދަޓު ނަމާ އޮތެވޭލޭ އަސް ހަބަރެ ބަލިޔަތާއެ. ހަމަ ދަޓުވެގޮހޯ ތެއި ބައިކެެންނެ. ލޮލް

ގުޅުންހުރި