1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ގިނަ ދުވަސްތަކަށް ފަހު ގދ އޭއީސީގެ އިންޓަރހައުސް ކުޅިވަރު މުބާރާތް ފަށައިފި

63557F3A-CBCF-479E-9D04-D59124921EDC
މުހައްމަދު އަޚްތަރު
767ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާއި ގުޅިގެން މެދުކަނޑާލާފައި އޮންނަތާ ގިނަ ދުވަސްތަކަށް ފަހު ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ކުޅިވަރު މުބާރާތަށް ފަށައިފިއެވެ.

ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ހައުސް ކަމަށްވާ ވައްލަ، މާކޮޅަލަ، ކުރަނގި އަދި މާރަނގަ ހައުސްގެ މެދުގައި ކުޅިވަރު މުބާރާތްތައް ފަށާފައި ވަނީ އިއްޔެ ހަވީރު އެވެ.

ގދ އަތޮޅު ތަޢުލީމީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި އިއްޔެ ތިނަދޫ ބޯޅަ ދަނޑުގައި ކުރިއަށް ގެންގޮސްފައި ވަނީ ފިރިހެން ކުދިންގެ ފުޓްބޯޅައެވެ. އެގޮތުން އިއްޔެ ވަނީ 2 މެޗް ކުޅެފައި ކަމަށް އަދި ކޮންމެ ދެދުވަހުން އެއް ދުވަހު 2 މެޗް  ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން މައުލޫމާތުދެއެވެ.

300 × 250

ފުޓްބޯޅައިގެ އިތުރުން އިންޓަރ ހައުސް ހޭންޑްބޯޅަ މުބާރާތް ވެސް މިއަދު ވަނީ ފަށާފައެވެ. ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި ދެދުވަހުން އެއް ދުވަހު 2 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގިނަ ދުވަސްތަކަށް ފަހު ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ކުޅިވަރު މުބާރާތައް ފެށުމުން ސްކޫލް ގެ ދަރިވަރުން އަދި ބެލެނިވެރިންނާއި މުދައްރިސުން ދަނީ މި ކަމަށް ވަރަށް ބޮޑު ތަރުތީބެއް ދެމުންނެވެ. އަދި މުބާރާތް ތަކުގެ ފޯރި ވެސް ދަނީ އެހާ ގަދަކޮށް ކަން ފާހަގަ ކުރެވެއެވެ.

ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ހައުސް ތަކުގެ މެދުގައި މިހާރު ކުރިޔަށް ދަނީ އިންޓަރ ހައުސް 23 ވަނަ ފުޓްބޯޅަ މުބާރާތާއި 3 ވަނަ ހޭންޑްބޯޅަ މުބާރާތެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި