ގަލޮޅު މަދަރުސާގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ އަންހެން މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އާއިލާއިން ބުނެފައިވަނީ މަސައްކަތު މީހަކާ ހަވާލުކޮށްފައި ކުއްޖާ ފާޚާނާއަށް ފޮނުވި ފަހުން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށާއި ގެޔަށް އައިގޮތަށް ތަދުވެގެން އުޅޭތީ ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރުގެ ރިޕޯޓުގައި ބުނާގޮތުން ޖިންސީ ގުނަވަނުގެ އެތެރެއިން 1.5 ސެންޓިމީޓަރަށް ވަނީ ކަނޑައިގެން ގޮސްފައި ކަމަށެވެ.
4 އަހަރުގެ ކުއްޖަކަށް އެކުއްޖާ ކިޔަވަމުންދާ ސްކޫލްގެ ފާހާނަތެރޭ ޖިންސީ ގޯނާކުރުމުން ޖިސްމާނީ ގޮތުން ލިބުނު އަނިޔާތަކަށް އެކުއްޖާ އަށް ހޮސްޕިޓަލްގައި ވަނީ ފަރުވާހޯދާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.