ނޮވެންބަރ 4 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގޮތުގައި ނިންމާފައިނުވާކަމަށް ސަރުކާރު ތަރުކަމާނު މަބްރޫކް ވިދާޅުވެއްޖެއެވެ.


މަބްރޫކް މިހެން ވިދާޅުވެފައިވަނީ މީޑިއާއަކުން ކޮށްފައިވާ މިސުވާލަށް ޖަވާބު ދެއްވަމުންނެވެ. މި އަހަރުގެ ނަސްރުގެ ދުވަސް ކަމުގައިވާ ނޮވެންބަރު 3 ވަނަ ދުވަހަކީ ބުދަ ދުވަހަށް ވެފައި، ހަފްތާ ބަންދާއި ދިމާވާއިރު، ހަމައެކަނި ބުރާސްފަތި ދުވަހު ރަސްމީ ދުވަހެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހުމުންނެވެ. ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު އަންނަނީ ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގޮތުގައި ހަމަޖެއްސުމަށް ގޮވާލަމުންނެވެ. މަބްރޫކް ވިދާޅުވިގޮތުގައި ބުރާސްފަތި ދުވަސް ބަންދުކުރުމަށް ސަރުކާރުގެ ފަރާތުން މިހާތަނަށް އެފަދަ ނިންމުމެއް ނިންމައި އަންގާފައިނުވާކަމަށެވެ. މީގެ ކުރިން މިފަދަ ގޮތަކަށް ބަންދު ދުވަސް ދިމާވުމުން، ބުރާސްފަތި ދުވަސް ބަންދުކޮށް ސަރުކާރުން ހަފުތާ ބަންދު ދިގުކޮށްދީފައިވެއެވެ.