ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް 34 މީހަކު ޢައްޔަންކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި، ކައުންސިލްތަކަށް އެސްޖީން ޢައްޔަންކޮށްފައިވަނީ އެއް ސިޓީ ކައުންސިލާއި ހަތަރު އަތޮޅު ކައުންސިލް އަދި 29 ރަށު ކައުންސިލަކަށް ކަމަށެވެ.
އެ ކޮމިޝަނުން މަޢުލޫމާތުދޭގޮތުން، މީހުން ޢައްޔަން ނުކުރެވި ހުރި ކައުންސިލްތަކުގެ މަޤާމަށް އެސްޖީން ޢައްޔަންކުރަމުން ގެންދާނެ ކަމަށެވެ. އެގޮތުން މިހާރު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެވިފައިވާ ފަރާތްތަކަށް ނޮވެމްބަރު 8 އަދި 10 ގައި އޮރިއެންޓޭޝަން ޕުރޮގްރާމެއް ބޭއްވުމަށް އެކޮމިޝަނުން އަންނަނީ ތައްޔާރު ވަމުންނެވެ. ސިވިލް ސާރވިސް ކޮމިޝަނުން ކައުންސިލްތަކަށް 200 އެސްޖީން ހޯދުމަށް މިދިޔަ ޖޫން މަހު ހުޅުވާލުމުން އެ މަޤާމަށް 511 މީހަކު ކުރިމަތިލާފައިވެއެވެ. އަދި އޭގެ ތެރެއިން ކުރިމަތިލައިގެން ޝޯޓްލިސްޓްކުރީ 272 މީހުންނެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާގޮތުން ލޯކަލް ކައުންސިލުތައް އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާއަކީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނެވެ. ކައުންސިލްތަކަށް އެމީހުން ޢައްޔަންކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.