އަންނަ އަހަރުގެ ބަޖެޓުން ގދ.އަތޮޅުގެ ތިން ރަށެއްގައި އައިސްޕްލާންޓް ތަރައްޤީ ކުރުމަށް ނިންމައިފިއެވެ.
ދައުލަތުން 2021 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި އައިސްޕްލާންޓް ތަރައްޤީ ކުރުމަށް ނިންމާފައިވަނީ ގދ. ރަތަފަންދޫ، ގދ. މަޑަވެލީގެ އިތުރުން ގދ. ފިޔޯރީގައެވެ. މީގެ އިތުރުން ގދ.ގައްދޫ އައިސްޕްލާންޓް އިތުރަށް އަޕްގްރޭޑް ކުރުމަށް ވަނީ ބަޖެޓުގައި ހިމަނާފައެވެ. ގައްދޫ އައިސްޕްލާންޓް އިތުރަށް ތަރައްޤީ ކުރުމަށް 7 ލައްކަ 80 ހާސް ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ރަތަފަންދޫ އާއި ފިޔޯރީގައި އައިސްޕްލާންޓް ޤާއިމްކުރުމަށް ބަޖެޓުގައި އެއިން ކޮންމެ ރަށަކަށް 6 ލައްކަ 30 ހާސް ރުފިޔާ ވަނީ ހިމަނާފައިވާއިރު މަޑަވެލީގައި އައިސްޕްލާންޓް ޤާއިމްކުރުމަށް ސަރުކާރުން ލަފާ ކުރާ ބަޖެޓުގައި 7 ލައްކަ 80 ހާސް ރުފިޔާ ވަނީ ހިމަނާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.