1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަތިސްތަރި: ފިރިހެނުންގެ ބަނޑުލުމުގެ މައިގަނޑު ސަބަބުތައް؛ ބަނޑު ހިންދާލަމާތޯ!

LOS
: ފިރިހެނުންގެ ބަނޑުލުމުގެ މައިގަނޑު ސަބަބުތައް؛ ބަނޑު ހިންދާލަމާތޯ!
މަރްޔަމް ޝަފާ ސައީދު
698ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގައި އެކަނި ނޫން، މުޅި އޭޝިއާ ސަރަހައްދުގައި ވެސް ފިރިހެނުންގެ ބަނޑުލުމަކީ ވަރަށް އާންމު ކަމެކެވެ. ޚާއްޞަކޮށް މެދު އުމުރުފުރައިގެ ފިރިހެނުންގެ މެދުގައި މި މައްސަލަ ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މިއީ ޞިއްޙީގޮތުން ވެސް އަދި ޖަމާލީގޮތުން ވެސް ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ.

ކާނާގެ ބާވަތްތަކުގެ ސަބަބުން ކުރާ އަސަރު؛ ދިރާސާތަކުން ދައްކާގޮތުގައި އޭޝިއާގެ ފިރިހެނުންގެ ބަނޑުލުމުގެ މައިގަނޑު އެއް ސަބަބަކީ ގިނަ އަދަދަކަށް އެއްގަމު ޖަނަވާރުގެ މަސް ކެއުމެވެ. މީގެ 5000 އަހަރު ކުރިން އޭޝިއާގެ މީހުންނަކީ މިހާ ގިނައިން ޖަނަވާރުގެ މަސް ކާ ބައެއް ނޫނެވެ. ނަމަވެސް މިހާރު އޭޝިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ޖަނަވާރުގެ މަސް ކާ ބައްރެވެ. މީގެ އިތުރުން ތައްޔާރީ ކާނާއާއި ހަކުރުގެ ބާވަތްތައް ގިނައިން ބޭނުންކުރުމަކީ ވެސް ބަނޑުލުމަށް މެދުވެރިވާ މުހިންމު ސަބަބުތަކެވެ.

ދަރިން ލިބުމާ ގުޅިގެން އަންނަ ބަދަލުތައް؛ ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި ދަރިން ލިބުމަށްފަހު ގިނަ ފިރިހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރޭގައި ބަނޑުލުން ހިމެނެއެވެ. މިއީ "ޑެޑް ބޮޑް" ގެ ނަމުގައި މަޝްހޫރުވެފައިވާ ކަމެކެވެ. ދަރިން ލިބުމަށްފަހު ފިރިހެނުންގެ ޓެސްޓޮސްޓެރޯން ހޯމޯން 20-30 އިންސައްތައަށް ދަށްވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި މޭދާ ރައްކާވުން އިތުރުވެ، މަސްތައް ބަލިކަށިވެއެވެ

300 × 250

ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް؛ ދަރިން ލިބުމަށްފަހު ގިނަ ފިރިހެނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދުމުގެ ވަގުތު މަދުވެ، ކުދިންނާއެކު ވަގުތު ހޭދަކުރުމުގެ ސަބަބުން ކަސްރަތު ކުރުމަށް ލިބޭ ވަގުތު މަދުވެއެވެ. މީގެ އިތުރުން ކުދިންނާއެކު ކެއުމުގައި އާދަވެފައިވާ ގޮތްތައް ބަދަލުވެ، ފަސޭހައިން ލިބެންހުންނަ ޕްރޮސެސްޑް ކާނާ ބޭނުންކުރުން އިތުރުވެއެވެ

ނަފްސާނީ އަދި ޖަޒްބާތީ ބަދަލުތައް؛ ދަރިން ބެލެހެއްޓުމުގެ ޒިންމާއާއި، މާލީ ޒިންމާތަކުގެ ސަބަބުން ލިބޭ ނަފްސާނީ ބުރަކަމަކީ ވެސް ބަނޑުލުމަށް މެދުވެރިވާ ސަބަބެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދަރިން ތިބޭ މައިންބަފައިންގެ ތެރެއިން 43 އިންސައްތަ މީހުން ސްޓްރެސްގެ ސަބަބުން ގިނައިން ކައި އުޅެއެވެ. މިއީ ދަރިން ނެތް މީހުންގެ ނިސްބަތް ކަމުގައިވާ 30 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.

ބަނޑު ހިންދުމަށް އެޅިދާނެ ފިޔަވަޅުތައް
ޞިއްޙީ މާހިރުންގެ ލަފާގައި، ބަނޑު ހިންދުމަށް ބޭނުންވާ ފަރާތްތަކުން ރިފައިންޑް ކާބޯހައިޑްރޭޓްސް މަދުކޮށް، ޕްރޮޓީންގެ މިންވަރު އިތުރުކުރުމަށް އިރުޝާދު ދެއެވެ. މީގެ އިތުރުން ގަވާއިދުން ކަސްރަތުކޮށް، ރަނގަޅު ނިދުމުގެ އާދަތައް ދެމެހެއްޓުމަކީ ވެސް މުހިންމު ކަމެކެވެ. އަދި ސްޓްރެސް މެނޭޖްކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ ވެސް މުހިންމު ކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި