1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދޯންޏެއް ފަރަށް އަރައި، ފަޅުވެރިއަކަށް އަނިޔާވެ ހާލު ދެރަވެއްޖެ

FDK7BBQUUAIwLZ5
ފޮޓޯ: އެމްއެންޑީއެފް
ސާއި ޢަލީ
701ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތ.އަތޮޅުން މާލެ ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ފަރަށް އަރައި ފަޅުވެރިޔަކަށް އަނިޔާ ވެއްޖެއެވެ.

މިދޯންޏަކީ “ކޮއި” ނަމަކަށް ކިޔާ ސަޕްލައި ދޯންޏެކެވެ. ދޯނި ފަރަށް އެރީ އިންޖީނު ހުއްޓުމުންނެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާގޮތުގައި، މި ދޯނި ވ.ރަކީދޫ ކަނޑުގެ އިރުމަތި ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މި ހާދިސާގައި އަނިޔާވެ ހާލު ދެރަވީ، ދޯނި ފުންކުރުމުގެ މަސައްކަތުގައި އުޅުނު އެ ދޯނީގެ ފަޅުވެރިއަކަށެވެ.

Farah araafa

300 × 250

އަނިޔާވި ފަޅުވެރިޔާ ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު މިއަދު ހެނދުނު 09:52 ހާއިރު ރަކީދޫއަށް އަށް ގެންގޮސްފައެވެ.

މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 06:52 ހާއިރުކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

ފަރަށް އެރި ދޯންޏަކީ ތިން ބިދޭސީންނާއި ދިވެއްސަކު ދަތުރުކުރަމުން ދިޔަ ދޯންޏެވެ. އަނިޔާވެފައި ވަނީ ކޮން ފަރާތަކަކަށް ކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި