ނަފުސާނީ ބަލިތަކަށް ފަރުވާލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަގުސަދުގައި ދިވެހިރާއްޖޭގެ 3 ސަރަހައްދެއްގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމް ފެށުމަށް ނިންމާ އަންނަ އަހަރުގެ ބަޖެޓު ކަނޑައަޅައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށްޓަކައި ފަސް މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާނެ ކަމަށް މަޖިލީހުން ހުށަހެޅިފައިވާ ބަޖެޓުގައިވެއެވެ.
އެ ގޮތުން ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި ލ ގަން އަދި ރ އުނގޫފާރުގައި އެ ޕްރޮގްރާމާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި މެންޓަލް ހެލްތު ޔުނިޓްތައް ޤާއިމްކުރުމަށް ޕީއެސްއައިޕީ ބަޖެޓުގެ ތެރޭގައި އަންނަ އަހަރަށް ވަނީ ހިމަނާފައިވެއެވެ.
ސަރުކާރުން ބުނެފައިވަނީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ މެންޓަލް ހެލްތު ޔުނިޓް ޕްރޮގްރާމްގެ ދަށުން ނަފްސާނީ ބައްޔަށް ފަރުވާދޭނެ ޕްރޮފެޝަނަލް މުވައްޒަފުންނާއި ފަރުވާދިނުމަށް ބޭނުންކުރާނެ އިތުރު ވަސީލަތްތައް ހޯދޭނެ ކަމަށެވެ.
މީގެ އިތުރުން ސިއްހީ ދާއިރާގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި 2022 ވަނަ އަހަރުގެ ބަޖެޓުގައި ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހިމަނާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.