1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

18 ކިލޯގެ ޑްރަގާއެކު އެއާޕޯޓުން އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

4f271024-5470-4cbf-8bb6-390f1bccfc0c
މީގެ ކުރިން ކަސްޓަމްސް އިން އަތުލައިގެންފައިވާ ޑްރަގްތަކެއް
ހުވަދޫ ނިއުސް ޓީމް
1,055ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ


ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގާއެކު ބްރެޒިލްއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ، ބްރެޒިލް އަށް ނިސްބަތްވާ ކްރިސްޓިއާނޯ ސިލްވާ، 28 އާއި ނައިރު ނޫނޭސް ޑިސޫޒާ،37 އެވެ.

300 × 250

ޑްރަގް ފެނިފައިވަނީ ކްރިސްޓިއާނޯ ސިލްވާގެ ލަގެޖުންނެވެ. އެގޮތުން އޭނާގެ ލަގެޖުން ފެނިފައިވާ ޑްރަގްގެ ބަރުދަނުގައި ޕެކިންއާއެކު 18.857 ކިލޯ ހުއްޓެވެ.

ނައިރު ވަނީ ލަގެޖްގައި ޑްރަގް ހުރިކަން އޭނާއަށް ނޭނގޭ ކަމަށް ބުނެފައެވެ. އަދި ޑްރަގާއި ހަވާލުވެ އެކަމާއި ނައިރު އާއި އެއްވެސް ގުޅުމެއް ނެތް ކަމުގައި ކްރިސްޓިއާނޯ ސިލްވާ ވަނީ އިއުތިރާފްވެފައެވެ.

މިހާރު އެދެމީހުންވެސް ވަނީ ކޯޓު އަމުރަކާއެކު ފުލުހުންގެ ބަންދުގައެވެ. ކްރިސްޓިއާނޯ އަށް 15 ދުވަސް ކޯޓުން މުއްދަތު ޖަހާފައިވާއިރު ނައިރު އަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވަނީ 7 ދުވަހެވެ.

އެ ދެ މީހުން ވެސް ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބަލައިފަ އެވެ. އަދި ބަންދުގައި ބަހައްޓައިގެން މައްސަލައާ ގުޅޭ ހެކި ހޯދުމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި