1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހެދުމަށް މަގުގެ އެއްފަޅި ބަންދު ކުރަނީ

bodud
ބޮޑުތަކުރުފާނު މަގު ----ފޮޓޯ:ހުވަދޫމީޑިއާ/ޝަފާ
މަރްޔަމް ޝަފާ ސައީދު
348ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގެ މައި މަގުތަކުގެ ތެރެއިން އެއް މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހެދުމަށްޓަކައި މަގުގެ އެއްފަޅި ބަންދުކުރުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެސިޓީ ކައުންސިލްގެ އިދާރާއިން މިރޭ ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 18 އޯގަސްޓް 2025 އިން ފެށިގެން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނު މަގުގެ އެއްފަޅި ބަންދުކުރެވޭނެއެވެ. މި މުއްދަތުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދި ކައުންސިލުން ވަނީ އިއުލާނުގައި ބަޔާންކޮށްފައެވެ.

boduބޮޑުތަކުރުފާނު މަގު ބަންދުކުރުން

300 × 250

މި މަޝްރޫއުއާ ގުޅޭގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، "ބޮޑުތަކުރުފާނު މަގު ތަރައްގީ ވެގެން ދާނީ ފުޅާކޮށް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް" ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވާއިރު، މާލެ އަދި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި މަސައްކަތުގެ ސަބަބުން މަގު ބަންދުވުމާ ގުޅިގެން ދަތުރުފަތުރަށް އަންނާނެ ބަދަލުތަކާ ގުޅޭ އިތުރު މައުލޫމާތު ކައުންސިލުން އާންމުކުރާނެ ކަމަށް ބެލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި