1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އޭ ލެވެލް ކިޔެވުމުގެ ފުރުސަތު އިތުރު ކުރުމަށް މަތީ ސާނަވީގެ ޝަރުތުތައް ލުއިކޮށްފި

grad
އޭ ލެވެލް ކިޔެވުމުގެ ފުރުސަތު އިތުރު ކުރުމަށް މަތީ ސާނަވީގެ ޝަރުތުތައް ލުއިކޮށްފި. އަހުމަދިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް --- ފޮޓޯ:ސަން
މަރްޔަމް ޝަފާ ސައީދު
421ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ހޯދައިދިނުމުގެ މަޤްޞަދުގައި މަތީ ސާނަވީއަށް ވަނުމުގެ ޝަރުތުތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ލުއިކޮށްފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައިވާ ގޮތުން، މަތީ ސާނަވީއަށް ވަނުމަށް މިހާރު ވަނީ ތިން މަގެއް ކަނޑައަޅާފައެވެ. އެއީ އެކަޑަމިކް ސްޓްރީމާއި، ސްކޫލުގައި ކުރިއަށްގެންދާ ވޮކޭޝަނަލް އެޑިޔުކޭޝަން އަދި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.

އެކަޑަމިކް ސްޓްރީމްގެ އައު ޝަރުތުތައް

300 × 250

އެކަޑަމިކް ސްޓްރީމްގައި ކިޔެވުމަށް އެންމެ މަދުވެގެން ބޭނުންވަނީ އޯ ލެވެލް އިމްތިހާނުން ދިވެހި ނުވަތަ އިސްލާމް އިން "ސީ" ގްރޭޑެއް ހޯދުމާއެކު، އިތުރު ދެ މާއްދާއިން "ސީ" ގްރޭޑް ހޯދުމެވެ. މީގެ އިތުރުން ވެސް އެކި ގޮތްގޮތަށް މަތީ ސާނަވީއަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފުރުސަތު ދެވޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައިނުވާ ދަރިވަރުންނަށެވެ. އަދި އަތޮޅުތަކުގެ ސްކޫލުތަކުގައި އޭ ލެވެލް ކިޔަވައިދޭ ރަށްރަށުގެ ސްކޫލުތަކުގައި ޖާގަ އޮވެ، ޝަރުތުތައް ފުރިހަމަނުވާ ކުދިންނަށް ވެސް މިނިސްޓްރީގެ ހުއްދައާއެކު ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ.

އައު އުސޫލުގެ ދަށުން، އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭން (އައިސީޕީ) ދަށުން ކިޔަވާ ދަރިވަރުންނަށް ވެސް ޚާއްސަ އިނާޔަތްތަކެއް ދީފައިވާއިރު، މި ދަރިވަރުންގެ އެޑްމިޝަންއާ ގުޅޭ ކަންކަން ނިންމާނީ މިނިސްޓްރީންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި