1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރަފެލްސް މޯލްޑިވްސް އިން ރާއްޖޭގައި ހިންގާ ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން ގދ އޭއީސީއާ އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

1443-03-28 16.14.30
ހުވަދޫ ނިއުސް ޓީމް
996ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރަފެލްސް މޯލްޑިވްސް އިން ރާއްޖޭގައި ހިންގާ ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން ގދ އޭއީސީއާ އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މިއަދު ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްއޯޔޫގައި ރަފެލްސް މޯލްޑިވްސް އިން ސޮއިކޮށްފައިވަނީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރއެވެ. އަދި ގދ. އޭއީސީއިން ސޮއިކުރެއްވީ އެސްކޫލްގެ ޕްރިންސިޕަލްއެވެ.

1443-03-28 16.16.15

300 × 250

އެގޮތުން މި އިންޓަންޝިޕް ޕްރޮގްރާމްގެ ދަށުން ގދ އޭއީސީއިން ސްކޫލް ނިންމައި 10 ޕްލަސް ޕްރޮގްރާމް ނިންމާފައިވާ 18 އަހަރު ފުރިފައިވާ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން މިއަދު ސޮއިކުރެވުނު ރަސްމިއްޔާތުގައިވަނީ އިންޓަރނޝިޕް ޕްރޮގްރާމްގައި އެންމެ ފުރަމަ ބެޗްގައި ހިމެނޭ 6 ދަރިވަރުންނަށް ކިޓް ހަވާލުކުރުމާއި އިންޓަރންޝިޕް ޕްރޮގްރާމްގެ އެގްރީމަންޓް ގައި ސޮއިކޮށްފައެެވެ.

އެއްބަސްވުމުގައި ސޮއިކޮށް ނިމިގެން ވާހަކަ ދައްކަވަމުން ރަފެލްސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ، މިއަދު ސޮއިކުރެވިގެން ދިޔަ އެމޯޔޫއަކީ ރަފެލްސް މޯލްޑިވްސް އިން މިގޮތަށް ވެވުނު ފުރަތަމަ އެއްބަސްވުން ކަމަށާއި، މިކަމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

ގދ އޭއީސީގެ ޕްރިންސިޕަލް ވިދާޅުވީ، ރަފެލްސް މޯލްޑިވްސް އިން ދީފައިމިވަނީ އުންމީދު ކުރިވަރަށްވުރެ ބޮޑު އެއްބާރުލުމެއް ކަމަށާއި، ރަފެލްސް އިން ދަރިވަރުންނަށް ތަމްރީނު ލިބިގެން ދިއުމަކީ ޓުއަރިޒަމް ދާއިރާއިން މިސަރަހައްދަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުގައި ރަފެލްސް މޯލްޑިވްސްގެ މެނޭޖްމަންޓަށް ޝުކުރުއަދާ ކުރާ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި