1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުޅުމާލޭ ރައްޔިތުންނަށްޓަކައި ބާއްވާ ބޮޑު ބާބަކިއު ހަރަކާތެއް، މިރޭ؛ ޝަލަބީގެ ރަން އަޑު، ލައިވް މިޔުޒިކާއެކު!

jok
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް
މަރްޔަމް ޝަފާ ސައީދު
842ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލޭގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ބޮޑު ބާބަކިއު ހަރަކާތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ބައިވެރިވެ، ލައިވްކޮށް މިއުޒިކް ހުށަހަޅައިދޭނެ ކަމަށް ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް (އެޗްސީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

"އެޗްސީއޭ ކޮމިއުނިޓީ ބާބަކިއު" ގެ ނަމުގައި ކުރިއަށްދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު 3 ގައި މިރޭ 20:00 އިން 23:00 އަށެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް، ގުޅުން ބަދަހިކުރުމެވެ.

އެޗްސީއޭއިން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުޅުމާލެ ފޭސް 2 ގައި މިވަގުތު ހަރަކާތްތެރިވަމުންދާ ހުރިހާ މަދަނީ ޖަމިއްޔާތަކާއި ހިޔާ ޓަވަރުތަކުގެ އިތުރުން، ވިނަރެސް އަދި އެސްއޯއީ ޓަވަރުތަކުން ވެސް ބައިވެރިވާނެކަމުގެ ޔަގީންކަން ލިބުމާ ގުޅިގެންނެވެ. މި ހަރަކާތަށް އެޗްޑީސީއާއި ހުޅުމާލެ ފޭސް 2 ޕޮލިސްގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާކަން އެޗްސީއޭއިން ފާހަގަކޮށްފައިވެއެވެ.

300 × 250

މެޑިކަލް ކޭމްޕެއްވެސް ބާއްވަނީ

މީގެއިތުރުން، ހުޅުމާލެ ފޭސް 2 ރުއްގަނޑު 3 ގައި "އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2025" ގެ ނަމުގައި މެޑިކަލް ކޭމްޕެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ކޭމްޕް އިންތިޒާމު ކުރެވިފައިވަނީ ކްލިނިކްތަކާއި ހޮސްޕިޓަލްތައް ބައިވެރިވެވޭގޮތަށެވެ.

އެޗްސީއޭއިން ބުނީ "އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2025" އަދި "އެޗްސީއޭ ކޮމިއުނިޓީ ބާބަކިއު" އާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 7522259 ނަންބަރަށް ގުޅުމުން މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި