ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން 260 އަށްވުރެ ގިނަ މުވައްޒަފުން ހޯދުމަށް އިޢުލާނުކޮށްފިއެވެ. ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް އިންތިޚާބު ކަމަށްވާ މި އިންތިޚާބު އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެންމެ ގިނަ މުވައްޒަފުން ހޯދަނީ އޮފިސަރުންގެ މަޤާމަށެވެ. އެގޮތުން 165 އޮފިސަރުންނާއި 48 ސީނިއަރ އޮފިސަރުން ހޯދުމަށް ވަނީ ހުޅުވާލާފައެވެލޯކަލް އިންތިޚާބަށް 260 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިޢުލާނުކޮށްފި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން 260 އަށްވުރެ ގިނަ މުވައްޒަފުން ހޯދުމަށް އިޢުލާނުކޮށްފިއެވެ. ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް އިންތިޚާބު ކަމަށްވާ މި އިންތިޚާބު އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެންމެ ގިނަ މުވައްޒަފުން ހޯދަނީ އޮފިސަރުންގެ މަޤާމަށެވެ. އެގޮތުން 165 އޮފިސަރުންނާއި 48 ސީނިއަރ އޮފިސަރުން ހޯދުމަށް ވަނީ ހުޅުވާލާފައެވެ އިލެކްޝަންސް ކޮމިޝަނުން ހޯދަން އިޢުލާނުކޮށްފައިވާ މަޤާމުތަކުގެ ތަފްސީލް:

  1. އޮފިސަރު: 165 މީހުން
  2. ސީނިއަރ އޮފިސަރު: 48 މީހުން
  3. ޓެކް އޮފިސަރު: 8 މީހުން
  4. ސެކިއުރިޓީ އޮފިސަރު: 6 މީހުން
  5. ޑްރައިވަރު: 4 މީހުން
  6. މަސައްކަތު: 4 މީހުން
  7. ލޮޖިސްޓިކް އޮފިސަރު: 4 މީހުން
  8. އެސިސްޓެންޓް މާސްޓަރ ޓްރެއިނަރު: 3 މީހުން
  9. އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރު: 2 މީހުން
  10. މެއިންޓަނަންސް އޮފިސަރު: 2 މީހުން
  11. ގްރެފިކް ޑިޒައިނަރު: 2 މީހުން
  12. އޮފީސް އެސިސްޓެންޓް: 2 މީހުން
  13. ކޮންޓެންޓް ކްރިއޭޓަރު: 1 މީހަކު