މޯލްޑިވިއަންގެ ދަތުރުތައް އިންޑިއާގެ ވެރިކަންކުރާ ނިއު ދިއްލީއަށް ފަށައިފިއެވެ.

ދިއްލީއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށާފައިވަނީ އިއްޔެ އެވެ. މޯލްޑިވިއަންގެ ފްލައިޓެއް މިއަދު ވަނީ ދިއްލީ އިން ރާއްޖެއަށް ދަތުރެއްވެސް ކޮށްފައެވެ. އިންޑިއާގެ ދިއްލީއަށް ދަތުރުތައް ފެށުމުން، މޯލްޑިވިއަންގެ ދަތުރުތައް އިންޑިއާގެ ފަސް މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށިގެން ދިޔައީއެވެ. މޯލްޑިވިއަންގެ ދަތުރުތައް މިހާރުވެސް އިންޑިއާގެ ޗެންނާއީ އާއި ކޮޗިން އާއި މުމްބާއީގެ އިތުރުން ޓްރެވިންޑްރަމަށް އަންނަނީ ކުރަމުންނެވެ. އަދި ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ވެސް މޯލްޑިވިއަން އިން ޝެޑިއުލް ފްލައިޓްތައް އަންނަނީ ބާއްވަމުންނެވެ. އިންޑިއާއަށް ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަނުން މީގެ ކުރިން އެކުންފުނީގެ މުވައްޒަފުންގެ ރަށްޓެހިންނާއި އާއިލާތަކަށް 150 ޑޮލަރަށް ދިއްލީއަށް ދެވޭ ޚާއްސަ ފެއަރއެއް ވަނީ ހަމަޖައްސާފައެވެ.