1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މުޅި ހުވަދު އަތޮޅުން ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރީ ދާންދޫގައި އެކަނި

1443-03-29 23.37.55
މުހައްމަދު އަޚްތަރު
1,016ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުވަދު އަތޮޅު އުތުރުބުރީ ދާާންދޫގައި މިއަހަރުގެ ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ހިންގައިފިއެވެ.

އަތޮޅުގެ އެހެން ރަށްތަކާ ޚިލާފަށް ގއ ދާންދޫގައި މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޯރި ގަދަ ހަރަކާތްތަކެއް ބާއްވާފައިވަނީ އިއްޔެ އާއި މިއަދުއެވެ.

ރަށުގެ ހުރިހާ ރައްޔިތުންނާ މުއައްސަސާތަކުގެ އެއްބާރުލުމާ އެކު ދާންދޫ ކައުންސިލުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގައި އެންމެ ފުރަަތަމަ ހަރަކާތަކަށް ކުރިޔަށް ގެންދިޔައީ ނަސްރުގެ ދުވަހުގެ ޚާއްސަ ދުވުމެކެވެ. މި ދުވުމަށް ބޮޑު ތަރުތީބެއް ލިބުނެވެ.

300 × 250

3 ނޮވެމްބަރ ހަވީރު ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާއިރު އެހަރަކާތްތަކަށް ވެސް ވަނީ ހީކުރި ވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް ލިބިފައެވެ.

މީގެ އިތުރުން 3 އޮން 3 ފުޓްސަލް މުބާރާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

1988 ވަނަ އަހަރު ލަންކާގެ ތަމަޅައިންގެ ބަޔަކާ ދިވެހިންތަކެއް ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ސަލާމަތްވެ ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ވަނަ ދުވަހު ފާހަގަކުރާ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ދާންދޫގައި އިތުރަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ދާންދޫ ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން ދާންދޫ ރައްޔިތުންނަށް ރޭ ބޭއްވި ހާއްސަ ޖާފަތް ފާހަގަ ކޮށްލެވެއެވެ.

ފުލުހުންގެ އިތުރުން ދަ ރެސިޑެންސް މޯލްޑިވްސްއާއި ދާންދޫ ގެ ޖަމިއްޔާތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާންދޫ ގައި ކުރިޔަށް ގެންދިޔަ ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް އެންމެ ބޮޑު ފޯރިއެއް ގެނެސް ދީފައިވަނީ މިއަދު ހަވީރު ކުޅުނު 3 އޮން 3 އަންހެން އަދި ފިރިހެން ފުޓްސަލް ފައިނަލް މެޗް ތަކުންނެވެ.

މުޅި ދާންދޫހެން ނުކުމެ ފާހަގަ ކުރި ނަސްރުގެ ދުވަހުގެ ހަރަކާތްތައް ނިންމާލުމަށް ފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް އާސިފް ވިދާޅުވީ 2 ދުވަސް ވަންދެން ކުރިއަށް ގެންދިޔައީ ރައްޔިތުންގެ ޕްރޮގްރާމެއް ކަމަށާއި މި ހަރަކާތްތަކުގައި ބައިވެރިވި އެންމެންނަށް ކައުންސިލާއި އަމިއްލަ ނަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމަށެވެ.

ރައީސް ޢާސިފް އިތުރަށް ވިދާޅުވީ ނަސްރުގެ ދުވަހުގެ ޕްރޮގްރާމްގައި ހިމެނުން ވޮލީ މެޗު ކެންސަލް ކޮށްފައިވާ ކަމަށާއި އެއީ މަސްވެރިންނަށް އޭގައި ބައިވެރި ނުވެވުމުގެ ސަބަބުން ކަމަށެވެ.

މުޅި ހުވަދު އަތޮޅުން ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރީ ދާންދޫގައި އެކަނި ކަން ފާހަގަ ކުރެވުނު އިރު ހުވަދު އަތޮޅުގެ އެހެން ބައެއް ރަށް ރަށުން އެއްވެސް ހަރަކާތެއް ހިނގާފައިނުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި