ކުރީގެ ރައީސް ޔާމީނުގެ ހުކުމާއި ގުޅިގެން ލީކުވި ފަނޑިޔާރުންގެ އޯޑިޔޯގެ ތެރެއިން ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު ހުސައިން ފާއިޒު ރަޝާދުގެ އަޑާއި އެ އޯޑިއޯ އާއި ދިމާ ވާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ގެންދާ މައްސަލަ ތަހުގީގުކޮށް ނިމެންދެން ގާޒީ ފާއިޒު ސަސްޕެންޑުކޮށްފިއެވެ.
ޖޭއެސްސީން ބުނާގޮތުގައި ލީކުވި އޯޑިޔޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމުން އެގުނު ގޮތުގައި ގާޒީ ފާއިޒު ފިޔަވައި ދެންތިބި ދެގާޒީން ކަމަށްވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ އަލްއުސްތާޒު މުހައްމަދު ސަމީރުގެ އަޑު ނޫން ކަމަށެވެ. އެހެންކަމުން އެދެބޭފުޅުންގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.
އެހެންނަމަވެސް ގާޒީ ފާއިޒުގެ ސުލޫކީ މައްސަލައާ ގުޅިގެން، އެ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މިއަދުން ފެށިގެން ދެ މަސް ދުވަހަށް އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.