1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހި ފިލްމު ޕަރީގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތެއް ހުޅުވާލައިފި

WhatsApp Image 2025-08-27 at 15.39.07_8cdba0fb
ދިވެހި ފިލްމު ޕަރީގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތެއް ހުޅުވާލުން
އާމިނަތު ޝަޒްލާ
327ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި ފިލްމު ޕަރީގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ.

ޕަރީގެ ޓީމުން ބުނީ މިމުބާރާތަކީ އެންމެންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެއެވެ. މިމުބާރާތުން އެއްވަނަ އަށް ހޮވޭ ޕޯސްޓަރަކަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ޕަރީގެ ޓީމުން ބުނެއެވެ.

މިމުބާރާތް ހުޅުވާލާފައިވަނީ އޮގަސްޓްމަހު 27، 2025 ވަނަ ދުވަހުން ފެށިގެން، އޮކްޓޯބަރ 15، 2025 ގެ ނިޔަލަށް ކަމަށާއި ޑިޒައިން ކުރާ ޕޯސްޓަރުތައް ހުށަހަޅާނީ ޕަރީގެ އިންޓަރގްރާމް އަދި ފޭސްބުކު އެކައުންޓްތަކަށް ޕޯސްޓްކޮށްގެން ކަމަށް ޕަރީގެ ޓީމުން ބުނެއެވެ.

300 × 250

މިމުބާރާއި ގުޅޭ ގަވައިދު އަދި އިތުރު މައުލޫމާތު ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނަން ހުންނާނެއެވެ.

WhatsApp Image 2025-08-27 at 15.29.23_74581b1d

އޮކްޓޯބަރ 15ގެ ނިޔަލަށް ހުށަހަޅާ ޕޯސްޓަރު ތަކުގެ ތެރެއިން ޕަރީގެ ޓީމުން ޖަޖްކޮށްގެން ހޮވާ އެންމެ މޮޅު ފަސް ޕޯސްޓަރު، ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓްކޮށް ބެލުންތެރިންގެ ވޯޓަށް ހުޅުވާލާނެ ކަމަށާއި އެއްވަނައަށް އަންނަ ޕޯސްޓަރަކަށް ހޮވާނީ އެންމެ ގިނަ ލައިކްސް ލިބޭ ޕޯސްޓަރެއް ކަމަށް ޕަރީގެ ޓީމުން ބުނެއެވެ.

މިމުބާރާތުން އެއްވަނައަށް އަންނަ ޕޯސްޓަރު އިއުލާން ކުރުމާއި އިނާމް ދިނުން އޮންނާނީ ޑިސެމްބަރު 1، 2025 ވަނަ ދުވަހު، ޕަރީ ފިލްމުގެ ރަސްމީ ޓްރެއިލާ ލޯންޗް ކުރާ ހަފްލާގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި