1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަގުއެއްކުރި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ހއ. އިހަވަންދޫގައި

wsa
އަގުއެއްކުރި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ހއ. އިހަވަންދޫގައި
މަރްޔަމް ޝަފާ ސައީދު
128ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހއ. އިހަވަންދޫގައި އަގުއެއްކުރި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި، ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މަހުން ތައްޔާރުކުރާ އަގު އެއްކުރި ބާވަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އަމަލީ ގޮތުން އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ހޯދައިދިނުމެވެ. އަދި ވިޔަފާރީގެ އުޞޫލުން މިފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައްވެސް ވަނީ ޕްރޮގްރާމުގެ ބައިވެރިންނަށް ދަސްކޮށްދެވިފައެވެ.

https://twitter.com/MFORmv/status/1960569692772557207?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1960569692772557207%7Ctwgr%5Ebddbcff6d6d0b981b4d8d6a461b4432e2723c952%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F164010

300 × 250

މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 12 ފަރާތަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 4 ފިރިހެނުންނެވެ. ޕްރޮގްރާމްގައި މަޢުލޫމާތު ފޯރުކޮށްދެއްވާފައިވަނީ މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަންނީ މުވައްޒަފުންނެވެ.

"މިފަދަ ތަމްރީނު ޕްރޮގްރާމްތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މުހިންމު ޕްރޮގްރާމްތަކެކެވެ،" މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް އަގު އެއްކުރި މަހުގެ ގޮތުގައި އެކްސްޕޯޓްކުރުމަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި