1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މީޑިއާ ބިލަށް ހިޔާލު ހޯދަން ކޮމިޓީން ނޫސްވެރިންނާ ބައްދަލުކުރަނީ

img_md_202508280555071756385707.1582
މީޑިއާ ރެގިއުލޭޓަރީ ބިލާ ގުޅޭގޮތުން ނޫސްވެރިން އިހުތިޖާޖުކުރުމުގެ ތެރެއިން... ފޮޓޯ: އަވަސް
އާމިނަތު ޝަޒްލާ
254ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"މިޑީއާ ކޮންޓްރޯލް ބިލް" ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން ނޫސްވެރިންގެ ހިޔާލު ހޯދުމަށްޓަކައި އަންނަ ހޯމަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ކަމާ ގުޅޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކައި ބެހޭ ކޮމިޓީންނެވެ.

ނޫސްވެރިންގެ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ހޯމަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ބާއްވަން އެ ކޮމިޓީން ވަނީ ނިންމައިފައެވެ.

300 × 250

މަޖިލިހުގެ އިދާރާ އިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، އެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތަކަށް ކަމަށާއި، ބައްދަލުވުމަށް ހާޒިރުވުމަށް ރަޖިސްޓްރޭޝަން ފޯމެއް ފުރަންޖެހެއެެވެ. ރަޖިސްޓްރޭޝަން ފޯމު ފުރުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10 އެވެ.

ބިލުގެ މަސައްކަތުގެ ތެރެއިން ޔޫތް އެންޑް އިންފޯމޭޝަން މިނިސްޓްރީ، ބްރޯޑްކާސްޓިން ކޮމިޝަންއާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބިލާއި ގުޅޭގޮތުން ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް މީޑިއާއަށް އޮތުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި