ފުވައްމުލައް ސިޓީއަށް މިފްކޯގެ ސީއީއޯ، ފަރްހަތު ޝަހީރު ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، އެ ކުންފުނިން އެ ސިޓީގެ ބަނދަރުން މަސް ގަންނަން ފަށައިފިއެވެ. މިފްކޯއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިފްކޯގެ ބޯޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފުވައްމުލައް ސިޓީގައި ބަނދަރުކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހުން ފެށިގެން ފުވައްމުލައް ސިޓީއިން މަސް ގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިފްކޯއިން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މީގެ ފަހުން ފުވައްމުލަކުން ދާއިމީކޮށް މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ހަމައެއާއެކު، ފުވައްމުލައް ސިޓީގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ، އެ ތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިފްކޯއިން އިތުރަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ފުވައްމުލަކުގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒު ނިމުމުން އެ ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސީދާ އައްޑޫ އަތޮޅުން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެ ކުންފުނިން ހާމަކުރައްވާފައިވެއެވެ. މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފައެވެ.
މިފްކޯގެ ސީއީއޯގެ ވައުދާ އެއްގޮތަށް، ފުވައްމުލައްސިޓީ އިން މަސް ގަންނަން ފަށައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.