1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު މެރައިން ރިސާރޗް ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފި

www
ދިވެހިރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާރޗް ސެންޓަރު މިއަދު ޖަވަކަރަ އައިލަންޑް މޯލްޑިވްސްގައި ހުޅުވުން
މަރްޔަމް ޝަފާ ސައީދު
288ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާރޗް ސެންޓަރު މިއަދު ޖަވަކަރަ އައިލަންޑް މޯލްޑިވްސްގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި ރިސަރޗް ސެންޓަރު ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމްއާއި ޗަމްޕަރ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު މޫސާއެވެ.

މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހްސާންއާއި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް އިލްމީގެ އިތުރުން ރިސޯޓުގެ އިސްވެރިންނާއި ރިސަރޗް ސެންޓަރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މެރިން ރިސަރޗް ސެންޓަރަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ އެކި ކަންކަން ދިރާސާކޮށް ދެނެގަތުމަށް ހުޅުވި ސެންޓަރެކެވެ. މި ސެންޓަރުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ކަނޑުގެ ދިރުންތަކަށް އަންނަމުންދާ ބަދަލުތަކާއި މުރަކަތަކަށް ދިމާވާ އެކި މައްސަލަތަކުގެ އިތުރުން ތަފާތު އެކި ދިރާސާތައް ކުރެވޭނެއެވެ.

300 × 250

223344

ޗަމްޕަރ ބްރަދަރސްގެ ޗެއަރމަން މުޙައްމަދު މޫސާ ވިދާޅުވި ގޮތުގައި މިފަދަ މެރިން ރިސަރޗް ސެންޓަރެއް ހުޅުވިގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. "އަޅުގަނޑުމެން ޓުއަރިޒަމް ފަށައިގެން މިއުޅޭނީ. އެހެންވީމާ އޭގެ ތެރޭގައި އޮންނަން ޖެހޭ ކަމެއް މީ. މަސްމަހާއި އެއްޗިސް، ވެލާ ކަހަނބު އެއްޗިސް، ބަލި އެއްޗިސް ބަލިހާލު ބެލުން. ހޮސްޕިޓަލްތަކެއް ހެދިގެންދާއިރު އަޅުގަނޑުމެން ޖެހޭ މިކަހަލަ ތަނެއް ހަދަން" މުޙައްމަދު މޫސާ ވިދާޅުވިއެވެ.

މި ރިސަރޗް ސެންޓަރުގައި ތަފާތު އެކި ކަންކަން ދިރާސާކުރުމަށް ލެބޯޓަރީތަކާއި، ކަރަންޓީނު ފެސިލިޓީތަކާއި ކިޔަވައިދޭނެ ކްލާސްރޫމްތައް ވަނީ ޤާއިމްކޮށްފައެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާއި ރާއްޖޭގެ އެކި ޔުނިވަރސިޓީތަކުގެ ތަފާތު އެކި ދިރާސާތައް ކުރުމަށް މިތަން ބޭނުންކުރެވޭނެއެވެ.

މި ރިސަރޗް ސެންޓަރު ހުޅުވުމާ ގުޅިގެން ރާއްޖެއިން ބޭރުގެ ޕްރޮފެސަރުންނާއި ސައިންޓިސްޓުން ބައިވެރިވެގެން ވޯކްޝޮޕެއް ވަނީ ފަށާފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު މެރިން ރިސަރޗް ސެންޓަރެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި