ރައީސް އޮފީސް ކުރިމައްޗަށާއި، މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ އެންމެ ފަހުން މިސްކިތަށްވަދެ ހަތިމަކަށް ރަތްކުޅު ޖަހައިފިއެވެ.
މިކަން ހިނގައިދިޔަ އިރު އެސަރަހައްދުގައި ހުރި މީހަކު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ބުނީ، މާލޭގެ އިބްރާހިމް މިސްކިތަށް އަރައި އެމީހާ ހަތިމަށް ކުޅު ޖަހާފައިވަނީ މިސްކިތުގައި އޮތް މުސައްލަ މައްޗަށް އަރާހުރެ ކަމަށާއި، އެމަންޒަރު ފެނުމުން މިސްކިތުގައި ތިބި މީހުންގެ ތެރެއިން ބަޔަކު އެނާ ހިފަހައްޓައި ތަޅައިގަތީ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަސްޖިދުލް އިބްރާހިމް އަށް ވަދެ ހަތިމަކަށް ކުޅު ޖެހި މައްސަލައެއެއްގައި 40 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު 4 ޖެހިއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.