އދ. ދިގުރަށުގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް ސަރުކާރު ބަދަލުވުމާ ގުޅިގެން ހުއްޓިފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ގެނެސްދިން ހަބަރަކީ ދޮގު ހަބަރެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ރާއްޖެ ޓީވީން "ސަރުކާރު ބަދަލުވި ގޮތަށް ދިގުރަށުގައި ތަރައްގީކުރަން ފެށި މިސްކިތުގެ މަސައްކަތް ހުއްޓިފައި" މި ސުރުހީގެ ދަށުން ގެނެސްދިން ހަބަރާ ގުޅިގެން، މިނިސްޓަރު ޝަހީމް ވަނީ އެ މިސްކިތުގެ މަސައްކަތް ކުރިއަށްދާ މިންވަރާއި ހޭދަކުރެވުނު ފައިސާގެ ތަފްސީލު ހާމަކުރައްވާފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި އައު ސަރުކާރު އައި ފަހުން މިހާތަނަށް ދެ މިލިއަން ރުފިޔާ ހޭދަކޮށްގެން މިސްކިތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވެއެވެ. އަދި މިހާރު ފިނޭންސް މިނިސްޓްރީން ވަނީ މުންނާރު އެޕްރޫވްކޮށްދީފައި ކަމަށާއި، ވީ އެންމެ އަވަހަކަށް މިސްކިތް ހުޅުވުމަކީ ސަރުކާރުގެ އަމާޒު ކަމުގައި އޭނާ ވިދާޅުވިއެވެ.
https://twitter.com/Mohamedshaheem1/status/1963266281076883684?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1963266281076883684%7Ctwgr%5E189d80fcfb292028ab8e080452ed7c6a33607e8b%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1294103%2F
ރާއްޖެ ޓީވީން މި ހަބަރު ގެނެސްދިނުމުގައި އިސްލާމިކް މިނިސްޓްރީގެ ނުވަތަ މިނިސްޓަރު ޝަހީމްގެ އެއްވެސް ބަހެއް ހޯދަން މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި މިކަމާ ގުޅިގެން މިނިސްޓަރު ޝަހީމް ވަނީ ރާއްޖެ ޓީވީން އެމަނިކުފާނުގެ "އެކްސް" އެކައުންޓް ބްލޮކްކޮށްފައިވާ ކަމަށް ބުނެ، މީޑިއާގެ މިނިވަންކަމަށް އުނިކަން ގެނައުމަށް ފާޑުކިޔުއްވާފައެވެ.
https://twitter.com/Mohamedshaheem1/status/1963282267037733156?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1963282267037733156%7Ctwgr%5E189d80fcfb292028ab8e080452ed7c6a33607e8b%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1294103%2F
އެމްޑީޕީގެ ބައެއް ފަރާތްތަކުން ކޮންޓްރޯލްކުރާ ރާއްޖެ ޓީވީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ފާޑުކިޔަމުން އަންނަ މީޑިއާއެއް ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރާއްޖެ ޓީވީން ދޮގު މައުލޫމާތު ފަތުރައި ފިތުނަ އުފައްދަމުންދާ ކަމަށް ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.