ރަށްރަށުގެ ކައުންސިލްތަކަށް ދެމުންގެންދާ ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ފައިސާގެ ފިސްކަލް ފޯމިއުލާ މުރާޖާކޮށް، ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، މިހާރު ޢަމަލުކުރަމުންދާ ފިސްކަލް ފޯމިއުލާގެ ދަށުން އާބާދީ ކުޑަ ރަށްތަކަށް ލިބޭ މިންވަރު މަދުކަމަށެވެ. "އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދެއްނޫން" ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު އައު ފޯމިއުލާ ހިމެނުމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ރައީސް ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބަޖެޓަށްވެސް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން، މި ކޮމިޓީތަކަށް ކުރިން ކައުންސިލްގެ ބަޖެޓުން ދެމުންދިޔަ 5 އިންސައްތަ، 10 އިންސައްތައަށް އިތުރުކުރުމަށް ވަނީ ނިންމަވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.