ކުރީގެ ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފް އިދިކޮޅު އެމްޑީޕީގެ މެންބަރުކަމުން ވަކިވެއްޖެއެވެ.

އެމްޑީޕީ އިން ވަކިވުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަށް ފޮނުވި ސިޓީގައި މަހްލޫފު ވިދާޅުވީ އެމްޑީޕީގެ މެންބަރުކަމުން ވަކިވާން އެދޭތީ، އެ ޕާޓީން ވަކިކޮށްދިނުމަށް އެދޭ ކަމަށެވެ.

އެ ސިޓީގައި މަހުލޫފް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއާ އެކު ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރު އަދާކޮށް، އުފާ ކުރާ ކަމަށެވެ.

އިތުރަށް މަހުލޫފް ވިދާޅުވީ އެމަނިކުފާނަށް ތާއިދުކޮށްދެއްވި ޕާޓީގެ މެންބަރުންނަށް  ޝުކުރު އަދާކުރާ ކަމަށައި، އަދި އެ ނިންމުމާއިމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް މައާފަަށް އެދޭ ކަމަށެވެ.