1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ ގާލް ގައިޑުގެ މެންބަރުންނާ, ފަސްޓްލޭޑީ އަދި ޗީފް ގައިޑް މެޑަމް ސާޖިދާ ބައްދަލު ކުރައްވައިފި

IMA
ރާއްޖޭގެ ގާލް ގައިޑުގެ މެންބަރުންނާ, ފަސްޓްލޭޑީ އަދި ޗީފް ގައިޑް މެޑަމް ސާޖިދާ ބައްދަލު ކުރެއްވުން
މަރްޔަމް ޝަފާ ސައީދު
218ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ކަމަށް އަލަށް ހޮވި ވަޑައިގެންނެވި، ނިޢުމާތު ޝަފީޤާއި، ދިވެހިރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ ބައެއް މެންބަރުންނާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

މި ބައްދަލުވުމުގައި، ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވަނީ ނިޢުމާތު ޝަފީޤު މި މުހިންމު މަޤާމަށް ހޮވިވަޑައިގަތުމުން މަރުޙަބާ ދަންނަވައި، ރާއްޖެފަދަ ކުޑަ ޤައުމަކަށް މިފަދަ ފުރުސަތެއް ލިބުމާމެދު އުފާފާޅުކުރައްވާފައެވެ.

300 × 250

މި ބައްދަލުވުމުގައި ނިޢުމާތު ޝަފީޤު ވަނީ ޗީފް ގައިޑްގެ ހައިސިއްޔަތުން ސާޖިދާ މުޙައްމަދު ގާލް ގައިޑްގެ މަސައްކަތްތަކަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. އަދި މިވަގުތު ގާލް ގައިޑް ހަރަކާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ގާލް ގައިޑް އެސޯސިއޭޝަންގެ މެންބަރުން ވަނީ ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށް އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ގައިޑްގެ ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކޭމްޕް ސައިޓެއްގެ މުހިންމުކަން ވެސް ފާހަގަކުރެވުނެވެ.

ނިޢުމާތު ޝަފީޤުގެ މި އައު މަޤާމާއެކު، އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ގާލް ގައިޑް ހަރަކާތްތައް އިތުރަށް ފުޅާވެ، ދިވެހިރާއްޖޭގެ ގާލް ގައިޑް ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި