ރާއްޖޭގައި ކޮވިޑް-19 ބަލީގައި ފަރުވާދެމުންދިޔަ ދެ މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެއެެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ނިޔާވެފައިވަނީ ދެމަހުގެ ފިރިހެން ކުއްޖެކެވެ. އަދި މިއީ ރާއްޖެއިން ކޮވިޑްގައި ނިޔާވި އެންމެ ހަގު ކުއްޖާ އެވެ. މިއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ، 247 އަށް އަރާފައެވެ. މިދިޔަ މަހު 18 ވަނަ ދުވަހު ގދ ތިނަދޫއިންވެސް ވަނީ ކޮވިޑް ޖެހުނު ކުޑަ ކުއްޖަކު ނިޔާވެފައެވެ. ނަމަވެސް އެމަރަކީ ކޮވިޑް މަރެއް ނޫންކަމުގައި ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ނިންމާފައެވެ. އެއީ އެކުއްޖާ ކޮވިޑަށް ފައްސިވެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށްފައިވާތީ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ.
ކޮވިޑް ބަލީގައި ފަރުވާދެމުންދިޔަ 2 މަހުގެ ކުއްޖަކު ނިޔާވެއްޖެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.