ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ކަމުގެ އިނާމް ގދ.ތިނަދޫ / ތެވެލި، އަލީ ޝަމީމްއަށް ލިބިވަޑައިގެންފިއެވެ.
އަލީ ޝަމީމަކީ ތިނަދޫގައި ރަށު އޮފީހާއި އަތޮޅު އޮފިސް ހުރިއިރު ކުޑަކަތީބްކަމާއި އޮފީހުގެ އެހެނިހެން މަޤާމުތައް ފުރާފައިވާ ބޭފުޅެކެވެ. ދައުލަތަށް 40 އަހަރު ވަންދެން ޚިދުމަތްކުރައްވާފައިވާތީ އަލީ ޝަމީމްއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝަރަފުގެ ބެޖާއި، އައްޑަނަ އަރުވާފައެވެ.
މާދަމާއަކީ ރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމަށްވާތީ މިރޭ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމާ މުޚާތަބުކޮށްފައެވެ. އަދި މިރަސްމިއްޔާތުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަރަފުގެ ބެޖާއި، އައްޑަނަ އަރުވާފައެވެ.
މިއީ އެބޭފުޅުން އިހުލާސްތެރިކަމާއެކު ޤައުމަށް ކޮށްދީފައިވާ ޚިދުމަތް ފާހަނގަކޮށް އެމަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ ޤައުމީ ފެންވަރުގެ ޝަރަފުވެރި އިނާމެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.