1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދޯހާއަށް ޔަހޫދީ ދައުލަތުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތަށް ދެވުނު ހަމަލާއެއް: ރައީސް

QAR
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
މުހައްމަދު އަޚްތަރު
202ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޤަތަރުގެ ވެރިރަށް ދޯހާއަށް ޔަހޫދީ ދައުލަތުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތަށް ދެވުނު ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ޤަތަރުގައި މިހާރު ކުރިއަށްދާ އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ދެއްވި ބަޔާނުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ފަލަސްޠީނުގެ މައްސަލައިގައި ޤަތަރުން އަދާކުރަމުން ދިޔައީ ސުލްހަ ޤާއިމްކޮށްދިނުމަށް މެދުވެރިއެއްގެ ދައުރެވެ. އަދި އެ ޤައުމުން ކުރަމުންދާ މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރަން ޖެހޭ ކަމަށާއި، މިއީ މަސައްކަތާމެދު ނުރުހުންވެ އަނިޔާވެރިކަން އިސްކުރަންޖެހޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްރާއީލުން ޢައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިސްރާއީލުން ދަނީ ފަލަސްޠީނުގެ ޑޮކްޓަރުންނާއި ނޫސްވެރިންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އާންމުންގެ އެތައް ބަޔަކު އެއްވެސް ޖެހިލުމެއްނެތި މަރަމުންނެވެ. އަދި މިކަންކަމުގައި އިސްރާއީލާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

300 × 250

ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކޮށް، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ޤައުމުތައް ގުޅިގެން ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

"މިއީ ހަމައެކަނި ޤަތަރަށް ދެވުނު ހަމަލާއެއް ނޫން. މިއީ މުޅި އަރަބި އިސްލާމީ އުއްމަތަށް ދެވުނު ހަމަލާއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ އެއް އުއްމަތެއްގެ ގޮތުގައި ގުޅިގެން މިފަދަ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް ގޮވާލައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާނެ ޤައުމެއްކަން ފާހަގަކުރައްވައި، މި ސަމިޓަކީ ހަމައެކަނި ވާހަކަތަކަށްވުރެ ބޮޑަށް ޢަމަލީ ގޮތުން ނަތީޖާ ފެންނާނެ ސަމިޓަކަށް ހެދުމަށްވެސް ގޮވާލައްވާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި